English Edition
Dhivehi Edition

އައްޑޫ ސިޓީ ގައުކެނޑި ކޯޒްވޭ ސަރަހައްދަށް މޫދަށް ގޮސް އުޅުނު ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ

އައްޑޫ ސިޓީ މަރަދޫ އާއި ހިތަދޫ އާއި ދެމެދު އޮންނަ ކޯޒްވޭ ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެއްލިފައިވަނީ ސ.ފޭދޫ އުމުރުން 18 އަހަރުގެ ޖައުޝަންއެވެ. ކުއްޖަކު ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު 14:43 އެހާކަށްހާއިރު އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންނަށް ލިބުމާއެކު ސިފައިންވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ

‘އޭއޯ ނިއުސް’އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން ކުއްޖަކު އެ ސަރަހައްދު މޫދަށް އެރި އުޅެނިކޮށް އެ ކުއްޖަކު ވަނީ އޮޔާއެކު ބެހި ވީނުވީއެއް ނޭގިފައެވެ. މިހާރު އެ ސަރަހައްދުގައި ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ އިރު ގިނަ އަދަދެއްގެ ރައްޔަތުންވެސް އަންނަނީ ގެއްލުނު ކުއްޖާ ހޯދުމަށް މަސައްކަތްކުރަމުންނެވެ.