English Edition
Dhivehi Edition

ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ކާމިޔާބެއް ހޯއްދެވި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރައިސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ފަށިއްޖެއެވެ

16:56

ގައުމީ ސަލާމުން ރަސްމިއްޔާތު ވަނީ ފަށައިފި، މިހާރު ކުރިއަށް ދަނީ ޤުރުއާން ކިޔެވުން. އިބޫ އާއި ފައިސަލަށް މަގާމުގެ ހުވާލައި ދެއްވާނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ

16:59

ހުވާ ކުރުމުގެ ރަސްމިއްޔާތު ފަށައިފި. ޖަލްސާ އަށް ވަޑައިގެންނެވީ 66 މެމްބަރުން. ހުވާ ކުރެއްވުމުގެ ކުރިން ރައީސް ސޯލިހު ވަނީ ހިންނަވަރު ދާއިރާގެ މެންބަރު ކަމުން އިސްތިއުފާ ދެއްވި ކަމުގެ ލިޔުން ގާސިމްއަ ހަވާލު ކުރައްވާފަ

17:02

  • އިބްރާހިމް މުހަންމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރައްވައިފި.ހުވާ ކުރެއްވުމާ އެކު ސިފައިންގެ 21 ބަޑީގެ ސަލާމެއް އަރުވައިފި

17:11

ރައީސް ސޯލިހާއި ގާސިމް އިބްރާހިމް އަދި އުއްތަމަ ފަނޑިޔާރު ވަނީ ހުވާ ކުރެއްވުމުގެ އިގުރާރުގައި ސޮއި ކުރައްވައިފި

17:12

ފައިސަލް ނަސީމް، ނައިބު ރައީސް ކަމުގެ ހުވާ ކުރައްވަނީ

17:14

ރައީސްގެ ނައިބު ހުވާގެ އިގުރާރުގައި ސޮއި ކުރައްވައިފި