English Edition
Dhivehi Edition
ފޮޓޯ:ވީ ނިއުސް

ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި އިސްދޫ ދާއިރާގެ މެމްބަރު ގާރީ އަހުމަދު ރަޝީދު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފި އެވެ

ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި މިހާތަނަށް ތިއްބެވި އެ ދެ މެމްބަރުންގެ ފޯމާ ހަވާލުވެވަޑައިގަތީ ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހީމެވެ

ޖޭޕީގެ އޮފީހުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އެ ޕާޓީ ދޫކުރައްވައި މީގެ ކުރިން އެހެން ޕާޓީތަކަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުން ވެސް އަނބުރާ ޖޭޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މީގެ އިތުރުން ގާސިމް ވިދާޅުވީ އަލަށް އެ ޕާޓީއާ ގުޅިވަޑައިގަންނަވާ މެމްބަރުންނާ އެކު ޕާޓީއަށް ލިބޭ ކުރިއެރުމާ މެދު އުފާ ކުރައްވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަކީ އެކަކު ވެސް ބާކީނުކޮށް ފުރުސަތު ދޭ ތަންތަނަށް ވާން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވީ ސިޔާސީ ޕާޓީއެއް ވިއްޔާ ކޮންމެ މީހަކަށް ވެސް މަރުހަބާ ކިޔުމުގެ ހިތްވަރު ހުންނަން ޖެހޭނެ ކަމަށާއި ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް ލިބެން ޖެހޭ ކަމަށެވެ.

ދެ މެމްބަރުންގެ ތެރެއިން މުބީން 2014 ގައި ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގަތްއިރު ޖޭޕީގެ ޓިކެޓުގައި ނަމަވެސް ދައުރުގެ ވަކި ހިސާބަކުން މުބީން ޕީޕީއެމާ ގުޅިވަޑައިގަތެވެ.