English Edition
Dhivehi Edition

ރިޓަޔާމެންޓް ޕެންޝަން ސްކީމްގެ ބޭރުން ވަކިވަކި ގާނޫނުތަކުގެ ތެރެއިން ދޭ އެކިއެކި އެހީތަކުގެ ސްކީމްތައް އެގޮތުގައި ނުދެމެހެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ދެއްވި ބަޖެޓް ބަޔާނުގައި މުނައްވަރު ވިދާޅުވީ އާބާދީ އަށް އަންނަ ބަދަލުތަކަށް ބަލާއިރު އެންމެ ކުޑަ މިންވަރަކަށް ހަދާ އަންދާޒާތަކަށް ބެލި ނަމަވެސް ޕެންޝަނަށް ކުރާ ހަރަދު، މިހާރު ހުރި މިންވަރު ކަމުގައިވާ 200 މިލިޔަން ރުފިޔާއިން 2058 ވަނަ އަހަރުގެ ހަމައަށް 3.8 ބިލިޔަން ރުފިޔާ އަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ

މީގެ އިތުރުން މުނައްވަރު ވިދާޅުވީ ނެޝަނަލް ޕޭކޮމިޝަނުން ކުރި ދިރާސާއަކުން އެނގިފައިވާގޮތުގައި ސްކީމްތަކުގެ ފަންޑަށް ފައިސާ ރައްކާ ނުކުރެވި ދެމުންދާ ޕެންޝަންތަކަށް ހޭދަވާ މިންވަރު އިތުރުވަމުން ދަނީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާ މިންވަރަށް ވުރެ މަތީ އަދަދަކަށްކަން ވަނީ ފާހަގަކޮށްފައެވެ

މޯލްޑިވްސް ރިޓަޔާމެންޓް ޕެންޝަން ސްކީމުގެ ބޭރުން ހިންގާ ޕެންޝަން ސްކީމްތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ 5000 ރުފިޔާ އާއި އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތްތައް ހިމެނެއެވެ