ރެއާލް މެޑްރިޑު ޓީމުގެ ވަގުތީ ކޯޗު ކަމާ ހަވާލުވި ސަންޓިއާގޯ ސޮލާރީ، އެ ޓީމުގެ ދާއިމީ ކޯޗު ކަމަށް ހަމަޖައްސައިފި އެވެ
ކްލަބުން މި ގޮތަށް ހަމަޖެއްސީ ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޖޫލިއަން ލޮޕެޓެގުއީ މަގާމުން ވަކި ކުރުމުން، އެ ޓީމުގެ ވަގުތީ ކޯޗު ކަމާ ސޮލާރީ ހަވާލުވެފައިވަނިކޮށެވެ.ސްޕެއިންގެ ފުޓުބޯޅަ ފެޑަރޭޝަނުގެ ގަވާއިދު އޮންނަ ގޮތުން ކޯޗަކާއި މެދު ދެ ހަފްތާގެ ތެރޭގައި ނިންމުމެއް ނިންމަން ޖެހެއެވެ
އެހެންކަމުން ރެއާލްބީ ޓިމްގެ ކޯޗު ސޮލާރީ ދާއިމީ ކުރަން ނިންމާފައި މިވަނީ އޭނާ ހަވާލުވި ފަހުން ހަތަރު މެޗުން ރެއާލް ޖެހިޖެހިގެން މޮޅުވެފައި ވަނިކޮށެވެ
ރެއާލްގެ ކޯޗުކަމާއި ސޮލާރީ ހަވާލުވިއިރު އެޓީމު އޮތީ ސްޕެނިޝް ލީގުގެ ނުވަ ވަނައިގައި ނަމަވެސް އެޓީމު މިހާރު ވަނީ ލީގުގެ ހަވަނަ އަށް ޖެހިލާފަ އެވެ.