English Edition
Dhivehi Edition

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ޖުމުހޫރީ ޕާޓީއަށް ސޮއި ކުރައްވައިފިއެވެ.
މިއަދު އިރުއޮއްސުނު ވަގުތު ޖުމުހޫރީ ޕާޓީގެ އޮފީސް މާފަންނު ކުނޫޒުގައ ބޭއްވި ރަސްމިއްޔާތުގައި ނާޒިމް އެޕާޓީއަށް ސޮއި ކުރެއްވުމުން ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިްބރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ މަގާމު ނާޒިމަށް ދެއްވާފައެވެ.

ޖޭޕީއަށް ސޮއި ކުރެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ޕާޓީއަށް ތެދުވެރިކަމާއި ވަފާތެރިކަމާ އެކު މަސައްކަތްކޮށްދެއްވާނެ ކަމަށެވެ. ހަމަ އެއާއެކު ޖުމުހޫރީ ޕާޓީ އާއިއެކު އެމަނިކުފާނަށް ފުރުޞަތު ލިބިވަޑައިގެންނެވި ގޮތެއްގައި ކުރިޔަށް ވަޑައިގަންނަވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އައު ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ފެނިދާނެތޯ ނޫސްވެރިޔަކު ސުވާލު ދެންނެވުމުން އެފުރުޞަތު ލިިބިވަޑައިގެންފިނަމަ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ކާނަލް ނާޒިމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލުހުކުމްގެ މައްސަލަ ސުޕްރީމްކޯޓުން ރިވިއު ކުރަމުންދާތީ، އެމަނިކުފާނު ވަނީ ސުޕްރީމްކޯޓުގެ އަމުރަށް ބަންދުން ދޫކޮށްލާފައެވެ.