English Edition
Dhivehi Edition
ގުޅިފައިވާ އިއްތިހާދުން އައްޑޫސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ޝައިޚް އިލްޔާސް ހުސައިން އިސްވެ ދުއާ ކުރައްވަނީ/ ފޮޓޯ ވީނިއުސް

ޕާޓީ ބަދަލުކުރި ކަމުގައިވިޔަސް ކޮރަޕްޝަން އަދި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް އިންސާފުވެރި ގޮތަކަށް ބެލެން ޖެހޭކަމަށް ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް މިހެން ވިދާޅުވީ އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.

އިންތިޚާބު ކާމިޔާބުކުރި ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ޝައިޚް އިލްޔާސް ބުރާސްފަތި ދުވަހުގެރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ބަޔަކަށް އިންސާފުން ރެކިގެން ދެވިގެން ނުވާނެކަމަށެވެ. އަދި އެހެން ނޫންނަމަ ޤައުމަށް ދުވަހަކުވެސް އަމާންކަމާއި ހަމަޖެހުމެއް ނުލިބޭނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

އެހެންކަމުން ޕާޓީ ބަދަލުކުރިނަަމަވެސް ކޮރަޕްޝަނާއި، ޚިޔާނާތުގެ މައްސަލަތައް އިންސާފުވެރިގޮތަކަށް ބަލަންޖެހޭނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް މިމޭރުމުން ޓްވީޓް ކުރައްވާފައި މިވަނީ ނިމިދިޔަ ސަރުކާރުގައި ތިބި ބައެއް ފަރާތްތަކުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރެއްގައިވެސް މަޤާމު ދިފާޢުކުރުމުގެ ބޭނުމުގައި ނުވަތަ ކޮރަޕްޝަންގެ ތުހުމަތުތަކުން ބަރީޢަވުމަށް ރައީސް ސޯލިޙަށް ތާޢިދުކުރަމުންދާކަމަށް އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ