English Edition
Dhivehi Edition
ފެޓްރިޝާ އޮގާނޯ

ފްލައިޓް އެޓްންޑެންޓް ނުވަތަ ކެބިންކްރޫއިންނަކީ ދަތުރުވެރިން ނަށް ދަތުރުގެ މަންޒިލަށް ވާސިލް ވުމާ ހަމައަށް އެމީހުންގެ ޚިދުމަތުގައި ތިބޭބައެކެވެ. އެގޮތުން ދަތުރުގެ ބައިވެރިންނަށް ފްލައިޓްމަތީގައި ދޭންޖެހޭ ހުރިހާ ހިދުމަތެއް އެންމެ ފުރިހަމައަށް ދެވޭތޯ ކްރޫއިން ބަލައެވެ. މީގެ ތެރޭގައި އޯގާތެރިކަމާ އެކު ޕަސެންޖަރުންނާއި މުހާތަބު ކުރުމާއި،ފްލައިޓްމަތީގެ ޚިދުމަތް އަދި ނާސްތާ ދިނުންހިމެނެއެވެ.

ނަމަވެސް މިފަހަރު ޕިލިޕީންސްގެ ފްލައިޓެއްގެ ތެރެއިން ކްރޫއަކު ޕަސެންޖަރަކަށް އެހީވީ ތަފާތު ގޮތަކަށެވެ. ޕެޓްރީޝާ އޮގާނޯ ބުނެފައިވާ ގޮތުގައި އާދައިގެ މަތިން އޭނަ އެދުވަހުވެސް ޑިއުޓީ އަށް ނިކުތީ އޭނައަށް ވެވުނުނު އެންމެ ފުރިހަމައަށް ޑިއުޓީ އަދާ ކުރުމަށެވެ. ފްލައިޓް ނައްޓާލިތަނާ ކުޑައިރު ކޮޅަކުން އިވުނީ ތުއްތު ކުއްޖަކު ރޯއަޑެވެ. އެއްގޮތަކަށްވެސް ރުއިމުގެ އަޑު ނުކެނޑުމުން ޕެޓްރީޝާ ދިޔައީ އެ ތުއްތު ކުއްޖާ އަށް ވީގޮތެއް ބަލައިލާށެވެ.

ޕެޓްރީޝާ ދަތުރުވެރިޔާގެ ކުއްޖާ އަށް ގާތުންދެނީ

ޕެޓްރީޝާ ބުނެފައިވާ ގޮތުގައި އޭނަ އެކުއްޖާ ގެ މަންމަ ކައިރިން ކިހިނެއްވީތޯ ސުވާލުކުރުމުން އެކުއްޖާގެ މަންމަ ޖަވާބަކަށް ބުނީ ބުއްފުޅި ހަދާ ފޯމިއުލާ ކިރު ހުސްވީކަމަށެވެ. އަދި އެވަގުތު އެމަންމަގެ ދެލޮލުން ކަރުނަ ފައިބަންފެށުމުން ޕްޓްރީޝާ ބުނީ އެމަންޒަރުފެނުމުން އޭނަގެ ހިތް ކުދި ކުދި ވިކަމަށެވެ. އަދި އެވަގުތު އޭނަގެ މަންމަ ކައިރިން ހުއްދަހޯދީ ޕެޓްރީޝާ އެކުއްޖާ އަށް ބަނޑުފުރެންދެން ބުއްދޭށެވެ. އެހެން ކަމުން އެމަންމަ ހުއްދަ ދިނުމާއެކު ޕެޓްރީޝާ ވަނީ އެ ތުއްތު ކުއްޖާ ބަނޑުފުރެންދެން ގާތުން ބުއްދީފައެވެ.

އަހަރު ނުވާ ތުއްތު ކުއްޖެއްގެ މަންމަ ކަމަށްވާ ފްލައިޓް އެޓެންޑް ޕެޓްރީޝާ ވަނީ މިވާހަކަ އޭނަގެ ފޭސްބުކްގައި ހިއްސާކޮށްފައެވެ. އެހެން ކަމުން މިއަދު ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި މައިން ދަނީ ޕެޓްރީޝާގެ މި އަމަލަށް އޭނައަށް ތައުރީފް ކުރަމުންނެވެ.

ޕިލިޕީންސްގެ ފްލައިޓް އެޓެންޑެންޓެއްގެ ގޮތުގައި ޕެޓްރީޝާ މަސައްކަތް ކުރަމުންދާތާ މިހާރު ވަނީ 4 އަހަރު ވެފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުން އޭނައަށް ތައުރީފްގެ ބަސްތައް އޮހެމުން ދާއިރު އޭނަ މަސައްކަތް ކުރާ އެއާ ލައިނުންވެސް ވަނީ އޭނަގެ އެއަމަލަށް ތައުރީފް ކޮށްފައެވެ.