English Edition
Dhivehi Edition

ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީ އަށް ކުރައްވާ ދަތުރުފުޅު އަންގާރަ ދުވަހަށް އަވަސް ކުރައްވައިފިއެވެ.

ރައީސް ނަޝީދު އައްޑޫ އަށް ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ ނޮވެމްބަރ 3 ވަނަ ދުވަހުގައެވެ . ނަމަވެސް މޫސުން ގޯސްވުމާ ގުޅިގެން އެ ދަތުރުފުޅު ރައީސް ނަޝީދު ވަނީ މިމަހުގެ 9 ވަނަ ދުވަހަށް ފަސްކުރައްވާފައެވެ.ނަމަވެސް އެމްޑީޕީން މިއަދު ވަނީ ރައީސް ނަޝީދު އައްޑޫ އަށް ކުރައްވާ ދަތުރުފުޅު މިހާރު އަންގާރަ ދުވަހަށް އަވަސްވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ދެ އަހަރާއި ނުވަ މަހަށް ވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ކުރީގެ ނަޝީދު ރާއްޖެ ވަޑައިގެންނެވީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގައެވެ.

ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ރައީސް ނަޝީދު އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރުގައި އުޅުއްވާތާ ތިން އަހަރަށް ފަހު ރާއްޖެ ވަޑައިގެންނެވުމުން އެމްޑީޕީގެ ސަޕޯޓަރުން ވަނީ ރައީސް ނަޝީދަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ

ރައީސް ނަޝީދު އައްޑޫއަށް ވަޑައިގަންނަވާނެކަން ހާމަކުރެއްވުމުން އައްޑޫގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.