މޯލްޑިވް ގޭސް އިން ވިއްކަމުން އަންނަ ދަގަނޑު ފުޅީގެ ގޭސް ފުޅިތައް، ޒަމާނީ ލުއިފުޅިއަށް ބަދަލުކޮށްލަން ބޭނުންވާ ފަރާތްތަކަށް ސިލިންޑަރ އެކްސްޗޭންޖްގެ ނަމުގައި ޕްރޮމޯޝަން ތައާރަފްކޮށްފިއެވެ
އިއްޔެއިން ފެށިގެން މިމަހުގެ 20 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން ތައާރަފުކޮށްފައިވަނީ މޯލްޑިވް ގޭސް ޕާކުގައި ބޭއްވި ހަފްލާއެއްގައެވެ. މޯލްޑވް ގޭސް އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ގޭސްގެ ދަގަނޑުފުޅިއަށް ރަޖިސްޓަރކޮށްފައިވާ ފަރާތްތަކުން، ރަޖިސްޓަރ ކުރަން ދެއްކި އަގާއި، ލުއި ފުޅި ރެޖިސްޓަރ ކުރަން ނަގާ ފުޅީގެ އަގުގެ ތަފާތު ދެއްކުމުން، މުޅިން އާ ލުއި ފުޅިއަށް ބަދަލުވެގެން ދާނެއެވެ
ދަގަނޑު ފުޅި ރެޖިސްޓަރ ކުރުމަށް ދައްކަން ޖެހޭނީ ހަސަތޭކަ ފަންސާސް ރުފިޔާއެވެ. އަދި ލުއިފުޅީގެ ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ނަގަނީ އެއްހާސް ހަތްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާއެވެ
މި ޕްރޮމޯޝަން މާލޭގެ އިތުރުން، ހުޅުމާލޭގަ އާއި ވިލިމާލޭގައި ވެސް ކުރިއަށްގެންދާނެ ކަމަށް މޯލްޑިވް ގޭސް އިން ވަނީ ބުނެފައެވެ