English Edition
Dhivehi Edition
ކަނޑުމަތީގެ އެކްސިޑެންޓްގައި ދޯނި އަޑިޔަށް ގޮސްފައި -- ފޮޓޯ:އެމްއެންޑީއެފް

ބ. މާމަޑުއްވަރީން ފުރައިގެން މާލެ ދަތުރުކުރި މުދާ އުފުލާ ދޯންޏަކާއި ތެޔޮ ބާޖެއް ޖެހި ދޯނި އަޑިޔަށް ހިނގައްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މާލެ ދަތުރު ކުރަމުން ދިޔަ “ރަމްކޮ” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް “ހޯކް” ނަމަކަށް ކިޔާ ތެޔޮ ބާޖެއްގައި ގައި ޖެހި ދޯނީގެ މައްޔާ ކައިރިން ފަޅައިގެން ގޮސް ދޯނީގެ ބޮޑު ބައެއް އަޑިއަށް ގޮސްފައިވާ ކަމުގެ ރިޕޯޓް ލިބިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިހާދިސާ ހިނގާފައި ވަނީ ކ.އަތޮޅު ޒިއާރަތްފުށި ކައިރިންނެވެ.

މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ. މި އެކްސިޑެންޓް ހިނގިއިރު ދޯނީގައި ތިން ދިވެހިންނާއި ބިދޭސީއަކު ހުރި ކަމަށާއި އެމީހުން ވަނީ ތެޔޮ ބާޖަށް ނަގާފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

23 މީޓަރުގެ ދިގު އެދޯނި ތެޔޮ ބާޖުގައި ޖެހުމުގެ ސަބަބުން ދޯނި އަޑީޔަށް ދިޔައީ ކޮޅު މައްޔާ ފަޅައިގެންގޮސް ދިޔަވުން ކޮންޓްރޯލް ނުވެގެނެވެ.

ސަމަރ އައިލެންޑް މޯލްޑިވްސް ރިސޯރޓް ކައިރިން ހިނގި މިހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ ފަތިހު 4:45 ހާއިރުކަމަށާއި މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު މި ސަރަހައްދަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުގެ ޓީމެއް ގޮސް ވަނީ ހަރަކާތްތެރިވެފައި ކަމުގައި އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު މޯލްޑިވްސް ޕޮލިސް ސަރވިސް މިހާރު ދަނީ ކުރަމުންނެވެ.