އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ
މިރޭ “ރާއްޖެޓީވީ” އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަން މިދަނީ އެއް ފަހަރު ތިރިން، އަނެއް ފަހަރު މަތިންކަމަށާއި ރައީސް ޔާމީންގެ ވެރިކަން ދެމެހެއްޓުނީ އެމްޑީޕީން ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރަން ބޭނުންނުވާތީކަމަށެވެ. އަދި އެމްޑީީއިން ގަބޫލުކުރާ ގޮތުގައި ވެރިކަން ބަދަލުކުރަންޖެހޭނީ އިންތިހާބަކަށް ފަހުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ
އަންނަ ބުރާސްފަތި ދުވަހު ނަޝީދު މާލެ ވަޑައިގަތުމަށް ނިންމާފައިވާއިރު އެ މަނިކުފާން ވިދާޅުވީ ގޮޅިން ނެރެގެން ދޫކޮށްލަން ގެންދާއިރު “ތަކެއްޗާއިއެކު” ނިކުތުމަށް އަންގާކަމަށާއި، މިފަހަރު މާލެއަށް ވަޑައިގަންނަވަނީ އެބީދައިން ތަކެއްޗާއިއެކު ކަމަށެވެ .