English Edition
Dhivehi Edition

އިންޑިއާގެ ސްކޫލެއްގައި 200 ކުދިންނަށް ކިޔަވައިދެނީ އެންމެ ޓީޗަރެކެވެ.ސަންސްކްރިޓް ސްކޫލްގެ މި ޓީޗަރު ކިޔަވައިދޭތާ މިހާރު އެއް އަހަރުވެފައިވާއިރު މި ޓީޗަރު ކިޔަވައިދެނީ ގްރޭޑް 6,7,8.9 ގެ ދަރިވަރުންނަށް ހިސާބާ ސައިންސްއެވެ.މިހާރު އިންޑިއާ ސަރުކާރުން މި ސްކޫލަށް ތިން ޕްރައިމަރީ ސްކޫލް ޓީޗަރުން ފޮނުވަން ވަނީ ނިންމާފައެވެ.

ނަވާބް ޙާން ސަންސްކްރިޓް ކިޔަވައިދޭތާ މިހާރު އެތައް އަހަރެއް ވެފައިވާއިރު ފާއިތުވި އަހަރެއްހާ ދުވަހު އޭނާ ކިޔަވައިދޭން ޖެހިފައިމިވަނީ ހިސާބާއި ސައިންސެވެ.”ކުރީގައި އެހެން ސްކޫލެއްގައި ކިޔަވައިދޭން އުޅެފަ މިހާރު މި ސްކޫލަށް ބަދަލުކުރީ.މިހާރު ކިޔަވައިދޭންވެސް މިޖެހެނީ ހިސާބާއި ސައިންސް.އަހަރެން އިނގިރޭސިއަށް އެހާ މޮޅެއް ނުވާނެ.ކުރީގައި އަހަންނާއެކު 4 ޓީޗަރުން މި ސްކޫލަށް ބަދަލުކުރި.އެހެންނަމަވެސް މިހާރު އަހަރެން އެކަނި މިތާ ކިޔަވަދޭން މިހުންނަނީ.”ނަވާބް ކިޔަދިނެވެ.

ނަވާބް އިތުރަށް ބުނީ ހިސާބު ކަހަލަ މާއްދާތަށް ކިޔަވައިދޭން މިހާރު އެހާ ފަރިތަ ނޫންކަމަށެވެ.ސަބަބަކަށް ވަނީ ކިޔަވައިދޭ މާއްދާ ނޫން އެހެން މާއްދާއެއް ކިޔަވައިދޭން އަހަރުތަކަކަށްފަހު ފެށުމުން އުނދަގޫތަކަކާ ކުރިނަތިލާންޖޭކަމަށެވެ.އަދި ސްކޫލުން އޭނާ އާއި ސްކޫލްގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކާއިވެސް ހަވާލުކުރާކަމަށާއި ގިނަ ފަހަރު އޮންނަނީ ލިބޭ ވަގުތުކޮޅު މަދުވެފައިކަމަށެވެ.

ސްކޫލްގެ އިސްވެރިން އެތަށް ފަހަރެއްގެ މަތީން ސަރުކާރަށް އެ ސްކޫލަށް ޓީޗަރުން ހަމަޖައްސައިދިނުމަށް ދައްނަވައިފައިވެއެވެ.