English Edition
Dhivehi Edition

ބަނގުރާ ފުޅިތަކަކާއެކު ރޭ މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނެއްް ކަމަށެވެ.

ފުލުހުން ވިދާޅުވީ މިމީހާ ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން، އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރުއިރު އޭނާ ދުއްވި ސައިކަލުގެ މަޑިދަށުން ބަނގުރާ ފުޅިތަކެއް ފެނުމާއި ގުޅިގެންނެވެ.

އަދި އޭނަ ދުއްވަމުން ދިޔަ ސައިކަލް ބަލައިފާސްކުރިއިރު ސައިކަލުގެ މަޑިދަށުން 3 ފުޅި ބަނގުރަލާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 4 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލަ މިހަރު ދަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންނެވެ.