ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭ މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ އާއިލާއާ ރަސްގެފާން ސަލްމާން އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ބައްދަލުކުރައްވައިފިއެވެ
ސައުދީ ރަސްމީ މީޑިއާ އިން ބުނެފައިވަނީ އިއްޔެ ރަސްމީ ގަނޑުވަރުގައި ޚާޝުގްޖީގެ ފިރިހެން ދަރިފުޅު ސަލާހް އާއި ކޮއްކޮ ސާލިހުއާ ރަސްގެފާނާއި ވަލީ އަހުދު ބައްދަލު ކުރައްވާ ޚާޝުގްޖީގެ އާއިލާ އަށް ވަނީ ތައުޒިޔާ ރައްދުކޮށްފަ އެވެ
ކައިވެންޏެއް ކުރުމަށް ބޭނުންވާ ލިޔެކިއުންތަކެއްގެ ކަންތަކުގައި ކޮންސިއުލޭަޓަށް ދިޔަ ޚާޝުގްޖީ މަަރާލުމުގައި ބައިވެރިވީ ސައުދީ ޖާސޫސީ އިދާރާގެ އިސް ބަޔަކު ރާވައިގެން ކަން ވަނީ ހާމަވެފައެވެ.
މި މަހު 2 ވަނަ ދުވަހު ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުންޚާޝުގްޖީ އަށް ވީ ނުވީއެއް ނޭގި ގެއްލިފައިވާއިރު އޭގެ ދެ ހަފުތާ ފަހުން ސައުދީން ވަނީ ކޮންސިއުލޭޓް ތެރޭ ހިންގި ތަޅާފޮޅުމެއްގައި ޚާޝުގްޖީ މަރާލާފައިވާ ކަމަށް ބުނެފަ އެވެ