English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީއަށް ކުޅޭ އެޓީމުގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑް މެޑްރިޑް ނޫން އެހެން ކުލަބް އަކާއި ގުޅެން ޖެހިއްޖެ ނަމަ ޗެލްސީގައި މުޅި ކެރިއަރު ނިންމާލާނެކަމަށް ބުނެފިއެވެ.

މިއަހަރު ރަޝިޔާގައި ބޭއްވިގެން ދިޔަ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްކަޕްގެ އެންމެ މޮޅު ތިން ކުޅުން ތެރިންގެ ތެރޭގައި ހިމެނުނު ހަޒާޑް މިހެން ބުނެފައިވަނީ ސްޕެއިންގެ ގަދަ ބާރު ރިއަލްމެޑްރިޑްއިން ވަރަށް ބޮޑަށް އޭނާ ގެންދަން މަސައްކަތް ކުރަމުން ގެންދަނިކޮށެއެވެ.

ހަޒާޑް ނުސީދާ ގޮތެއްގައި ރިއަލްމެޑްރިޑް އާއި ގުޅެން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އިނގިރޭސި ޕްރިމިއަ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް އާއި ޗެލްސީ ބައްދަލު ކުރިމެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ކުރިން ހަޒާޑް އަދި ޗެލްސީއަށް ކޯޗު ކަން ކޮށްދިން މޮރީނިއޯ އޭނާ ހާޒާޑް އުނައިޓެޑްއަށް ގެންދަން ވަރަށް ބޮޑަށް ބޭނުން ވާކަމަށް މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބާއްދަލުވުމުގައި ބުނެފައިވަނިކޮށެވެ.

“ހަޒާޑްއަކީ ވަރަށް މޮޅު އަދި ކޮންމެ ފަދަ ވަގުތެއްގައި ވެސް މެޗުގެ އޮއިވަރު ބަދަލުކޮށްލާނެފަދަ ކުޅުންތެރިއެއް،ހަޒާޑް ޔުނެއިޑް އާއި ގުޅުމަކީ އޭނާ ވަރަށް ބޮޑަށް ބޭނުންވާ އަދި ކުރާނެ މަސައްކަތެއް ކަމަށް”މޮރީނިއޯ ބުންޏެވެ.

ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުނީ ސީޒަންގެ މިހާ ހިސާބުން ދާންވީ ކުލަބް ނުނިންމާނެ ކަމަށާއި އެކަމަކުވެސް ސްޕއެންގެ ރިއަލްމެޑްރިޑްއަށް ކުޅުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށާއި ޗެލްސީ ނޫން އެހެން ޓީމަކަށް ކުޅޭނަމަ ކުޅޭނީ މެޑްރިޑްއަށް ކަމަށެވެ.