English Edition
Dhivehi Edition

އަންނަ ޑިސެމްބަރ މަސްތެރޭގައި ޔޫރަޕަށް ދިޔުމުގެ ފުރުސަތު ‘ޓްރިޕްވެރިން’ އިން ހުޅުވާލައިފިއެވެ.

ކިޔަވާ ކުދިންގެ އަހަރީ ޗުއްޓީ އާއި ދިމާކޮށް އެކުންފުނިން ހުޅުވާލައިފައިވާ މި ފުރުސަތުގައި ޔޫރަޕްގެ 6 ޤައުމަކަށް ދިޔުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. އަދި 12 ސިޓީއަށް ވެސް ދެވޭނެއެވެ. އަދި މިދަތުރަށް މުޅިއެކު ހޭދަވާނީ 13 ދުވަހެވެ.

މިދަތުރު ތެރޭގައި ހިނގާ ޚަރަދުތަކުގެ ތެރެއިން ކެއުމާއި ވައިގެ މަގުން ކުރާ ދަތުރުތަކުގެ ޚަރަދު ހިލޭ ލިބެއެވެ. އޭގެ އިތުރުން މަޑުކުރާ ސިޓީތަކުން 3 ސްޓާރ ނުވަތަ 4 ސްޓާރ ގެ ކޮޓަރި ހިލޭ ލިބޭއިރު ދަތުރު މަތީގައި މުޅިން ވެސް ބޭނުން ކުރާނީ އެއަރކޯން ކޮށްފައި ހުންނަ އުޅަނދުތަކެވެ. މީގެ އިތުރުން އިނގިރޭސި ޓުއަރ ގައިޑްގެ ޚދުމަށްވެސް މުޅިން ހިލޭ ލިބިގެން ދާނެއެވެ.

މި ޓުއަރ ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޓްރިޕްވެރިންގެ ވެބްސައިޓް އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ. އެގޮތުން Tripverion.com/tours/Europe-tour/ އަށް ޒިޔާރަތްކޮށްލަވާށެވެ. މުޅި ދަތުރުގެ ޙަރަދަކަށް އެކުންފުނިން ހަމަ ޖައްސާފައިވަނީ ބޮލަކަށް 2650 ޑޮލަރެވެ.

ޓްރިޕްވެރިން އަކީ އިންޑިޔާގައި މިވަގުތު އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް ކުންފުންޏެވެ. އަދި އެކުންފުނިން މިކަހަލަ ވަރަށްގިނަ ދަތުރުތައް މީގެ ކުރިންވެސް ކޮށްފައިވެއެވެ.