English Edition
Dhivehi Edition

އަބަދުވެސް މި ދައްކަނީ އެންމެންނަށް ހަމަހަމައިން އިންސާފުވެރިކޮށް ކަންކަން ކުރަން ޖެހޭވާހަކައެވެ. ފިރިހެނުންނެކޭ އެއްފަދައިން އަންހެންނަށްވެސް މަތީ މަގާމުތަކުގައި ތިބެވެން ޖެހޭވާހަކައާއި ފިރިހެނުންނަށް ލިބޭ ހުރިހާ ހައްގުތަކެއް އަންހެނުންނަށްވެސް ލިބި ދޭންޖެހޭ ވާހަކައެވެ. ހައްގުތަކުގެ ވާހަކަދައްކާއިރު ފިރިހެނުންނަން ކުރާ އަނިޔާ ނޫނީ ފިރިހެންނުންގެ ހައްގުތަކުގެ ވާހަކަ ދައްކަނީ މަދު ފަހަރެއްގައެވެ.

.ދާދި ފަހުން އެފްރިކާގައި ފިރިހެނެއް 70 ގަޑިއިރުވަންދެން 3 އަންހެނުންވެގެން ވަނީ ރޭޕްކޮށްފައެވެ. ރޭޕްކޮށްފައިވާ ފިރިހެންމީހާ ފެނިފައިވަނީ ދެކުނު އެފްރިކާގެ ކާރު ހާނާއެއްގެ ތެރޭގައި އޮތްވައެވެ. ރިޕޯޓްތައް ބުނާގޮތުގަައި 23 އަހަރުގެ މި ފިރިހެންމީހާ ކިޑްނެޕްކުރީ އޭނާ ޓެކްސީ ކުރާ ކާރުގައި އިންދައެވެ .އޭނާ ކާރަށް އެރިއިރުވެސް އެ ކާރުތެރޭގަައި 3 އަންހެނުން ތިބިކަމަށް ރިޕޯޓްތައްވަނީ ބުނެފައެވެ. އަދި ދުއްވަންއިން އަންހެންމީހާ ކުއްލިއަކަށް ކާރުދަތުރުކުރަމުންދިޔަ މިސްރާބު ބަދަލުކޮށްލިއެވެ. އަދި އެމީހުން އެ ފިރިހެންމީހާ ގަޔަށް އިންޖެކްޝަނެއްޖަހައި އޭނާ ހޭނެތުމަށްފަހު އެ ތިން އަންހެނުންވަނީ އޭނާ ހައްޔަރުކޮށްފައެވެ.

އެހެންނަމަވެސް މި ވާހަކައަށް މީޑިއާތަކުގެ މާ ބޮޑު ސަމާލުކަމެއް ހުއްޓިފައިނުވާއިރު ޖިންސީ ފުރައްސާރައާއި ޖިންސީ އަނިޔާލިބޭ ފިރިހެނުންގެ އަދަދުވެސް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުންނެވެ.