English Edition
Dhivehi Edition

ވިހިވިހީގައި ޗައިނާއިން އާޓިފިޝަލް ހަނދެއް އަރުވަން މަސައްކަތް ކުރަމުން އަންނަކަމަށް އެޤައުމުން ބުނެފިއެވެ.

ޗައިނާގެ ޗެންގްޑޫ ސިޓީގެ މަގުމަތީގައި ހުރި ބޮކިތައް ނަގާލާފައި އެ ސިޓީގެ މަގުތައް އެއްކޮށް އަލިކޮށްލެވޭނެ ވަރުގެ ބޮޑު ހަނދެއް ޖައްވުގެ ތެރެއަށް ޗައިނާއިން ވަނީ ފޮނުވަން ނިންމާފައެވެ.މި އާޓިފިޝަލް ހަނދުން ޑައިމީޓާގައި 10 އަކާއި 80 ކިލޯމީޓަރުގެ ސަރަހައްދަކަށް އަލިކަން ފޯރުކޮށްދޭނެއެވެ.

ޗެންގްޑޫ ކުންފުނީގެ ޗެއާމަން ވޫ ޗުންފެންގް ބުނީ މި އާޓިފިޝަލް ހަނދުގެ އަލިކަން މި ދުނިޔޭގެ ހަނދަށްވުރެ ގަދަވާނެކަމަށެވެ.އަދި އޭނާ ބުނީ މި ހަނދު ހަދަން މަސައްކަތް ކުރާތާ އަހަރުތަކެއް ވެދާނެ ކަމަށާއި މި ހަނދުގެ ބޭރުގައި ވަރަށް ވަރުގަދަ ކޯޓިންއެއް ހުރެފައި ފިޔަތައް ގޮތަށް ފަރުމާކޮށްފައިވާ ސޯލާޕެނަލްގެ އެހީގައި އިރުގެ އަލި ބޭނުންކޮށްގެން ދުނިޔެއަށް އަލި ފޯރުކޮށްދިނުމުގެ ޤާބިލުކަން މި ހަނދަށް ލިބިގެންވާކަމަށެވެ.

އާޓިފިޝަލް މި ހަނދަށް އިރުގެ އަލިކަން ފޯރުކޮށްދޭ ފިޔަތަކުގެ އެހީގައި ކޮންމެ ހިސާބަކަށްވެސް އަލިކަން ފޯރުކޮށްދެވޭނެއެވެ.މި ހަނދު ޖައްވަށް ފޮނުވާނެ ވަކި ތާރީހެއް ޗައިނާއިން އަދި ހާމަކޮށްފައެއްނުވެއެވެ.