English Edition
Dhivehi Edition
ސްޕްރީމް ކޯޓ: މިހާރު ފޮޓޯ

ރިޔާސީ އިންތިހާބާއި ގުޅިގެން ސްޕްރިމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޙުކުމް ކުރުން މިއަދު 13:00 އަށް ތާވަލް ކޮށްފައި ވެއެވެ.

މި މައްސަލަ އަކީ އިންތިހާބާއި ގުޅިގެން ހިނގާފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް އެއިންތިހާބު ބާތިލްކޮށް ދިނުމަށް އެދި ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް / މއ. ކާމިނީ ހުޅަނގުގެ ، މާލެ ހުށަހަޅާފައިވާ މައްސަލައެކެވެ. މިމައްސަލައިގެ ދަޢުވާ ރައްދުވަނީ އިލެކްޝަން ކޮމިޝަން ގެ މައްޗަށެވެ. ޤަޟިއްޔާ ނަންބަރ: 2018/SC-C/44 ދަށުން ކުރިއަށް ގެންދާ މިމައްސަލަ އަކީ ދުސްތޫރީ މައްސަލަ އެކެވެ. މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި މިވަގުތު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު ޢަބްދުﷲ ޢަރީފް އާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ފަނޑިޔާރު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އެވެ.

މިއަދިު އިއްވާ ޙުކުމްގެ ސަބަބުން އިންތިޙާބު ބާތިލް ކުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް އެއްބަޔަކު ބުނަމުންދާއިރު، މިއިންތިހާބު ބާތިލް ކުރެވޭނެ އެއްވެސް ޖާގައެއް ނެތްކަމަށް ވެސް ބައެއް ފަރާތްތަކުން ބުނަމުން ދެއެވެ. ހުށަހެޅިފައިވާ މައްސަލައަށް ދެފަރާތުން ވެސް އެކަށީގެންވާ ހެކިތައް ހުށަހަޅާފައިވާއިރު ރައްޔިތުން އިންތިޒާރު ކުރަމުން ދަނީ މިއަދު ނެރޭނެ ޙުކުމާއި މެދުގައެވެ.

ދިވެހިރާއްޖޭގެ ޤާނޫން އަސާސީ ބުނާ ގޮތުން ރާއްޖޭގައި އަދުލު އިންސާފު ކުރުމުގެ އެންމެ ފަހު ބަސް ބުނާ ފަރާތަކީ ސްޕްރިމް ކޯޓެވެ. އެހެންކަމުން އެކޯޓް އިން ނިންމާ ކޮންމެ ނިންމުމަކީ ޤާނޫނާއި އެއްގޮތް ނިންމުމެއް ނަމަ ހުރިހާ ރައްޔިތުން ބޯލަނބަން ޖެހެއެވެ.