English Edition
Dhivehi Edition

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ދިވެހި ބަހުން ކުރެއްވި ޓުވީޓަކީ ބިރުވެރި މަންޒަރެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާދަމް ސިފަކުރައްވައިފިއެވެ.

ދެ ދިވެއްސަކު ކިޔާފައިވާ “ވައިޝްނަވް ޖަން ތޯ”ގެ ކަވާއެއް ޓްވީޓު ކުރެއްވުމަށް ފަހު ދިވެހިބަހުން މޯދީ ވިދާޅުވީ “ގާންދީގެ ސުލްޙައިގެ ފަލްސަފާއާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅިން” ދައްކުވައިދޭ ކަމަށެވެ.

މޯދީ މި ލަވައާއެކު ގާންދީ އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް އިންޑިއާގައި ފެށި ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި މަހާތުމާ ގާންދީގެ 150 ވަނަ އުފަންދުވަސް މި އޮކްޓޫބަރު މަހު ފާހަގަކުރަމުންދެއެވެ. މޯދީގެ ޓްވީޓުތަކުގައި ވިދާޅުވެފައިވާ ގޮތުގައި މި ލަވައަކީ ގާންދީއަށް އެންމެ ކަމުދިޔަ ލަވައެވެ

އިންޑިއާގެ މިނިވަންކަމުގެ އަސްލުކަމުގައިވާ އެގައުމުގެ ބަތަލު މަހާތްމާ ގާންދީގެ ފަލްސާފާއާއި ދިވެހިންގެ ދިރިއުޅުމާއި ގުޅުވާފައި މޯދީ ކުރެއްވި ޓުވީޓަށް އިޝާރާތް ކުރައްވާ އަލީ އާދަމް ވިދާޅުވީ، ދިވެހިންނަކީ އެހެން ޤައުމެއްގެ ބަޔަކު ބުނެގެން އެމީހުންގެ ދިރިއުޅުން އުޅެން ޖެހޭ ބަޔެއް ކަމަށް ޤަބޫލް ނުކުރައްވާ ކަމަށާއި ދިވެހިރާއްޖެއަކީ އަލިރަސްގެފާނާއި ގާޒީ ރަދުންނާއި ދޮންބަންޑާއިންގެ ލެއިން ފެންދެއްވައިގެން އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދެއްވި ގައުމެއް ކަމުގައި އަލީ އާދަމް ވަނީ ވިދާޅުވެފައެވެ.

ދިވެހިންނަކީ އެހެންބަޔަކު ބުނެގެން އެމީހުންގެ ދިރިއުޅުން އުޅެން ޖެހޭނެ ބަޔެއް ކަމަށް ގަބޫލެއް ނުކުރަން. ދިވެހިންނަކީ އަލީ ރަސްގެފާނާއި ޤާޒީ ރަދުންނާއި ދޮންބަންޑާރައިންގެ ލޭއިން ފެންދެއްވައިގެން އަޅުގަނޑުމެންނާއި ހަމަޔަށް ގެނެސްދެއްވި ޤައުމެއް. މީ ބިރުވެރި މަންޒަރެއް” އަލީ އާދަމްގެ ޓްވީޓުގައިވެއެވެ.

މީގެކުރިން ދިވެހި ރާއްޖޭން ޓްރިވެންޑްރަމްގައި ހުންނަވާ ރާއްޖޭގެ ކޮންސިއުލް އަލީ އާދަމް މިފަދައިން ޓުވީޓް ކޮށްފައިވާއިރު، މޯދީ ދިވެހި ބަހުން ކުރެއްވި ޓުވީޓާއި ގުޅިގެން ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން އަންނަނީ އެއީ އުފާވެރިކަމެއްގެ ގޮތުގައި ސިފަކުރައްވަމުނެވެ.

މޯދީ ދިވެހި ބަހުން ޓްވީޓު ކުރައްވާފައިވާ އިރު އޭނާ ވަނީ އެހެން ބައެއް ގައުމުތަކުގެ ބަސްތަކުން ވެސް ޓްވީޓު ކުރައްވައިފަ އެވެ. އެގޮތުން އަރަބި، މަޑަގަސްކާގައި ވާހަކަދައްކާ މަލަގާސީ ބަސް، މޯލްޓާ ބަސް އަދި މެލޭ ބަހުން ވަނީ ޓްވީޓުކުރައްވާފައެވެ.