English Edition
Dhivehi Edition

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިބަހުން ޓުވީޓެއް ކުރެއްވުމަކީ ކުޑަކަމެއް ނޫންކަމުގައި ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެއެވެ.

މޯދީގެ ޓުވީޓާ ގުޅިގެން ފޭސް ބުކް ގައި އަޝްރަފް ލިޔުއްވަވަވާފައިވަނީ އާބާދީ ބޮޑު، ބާރާއި ނުފޫޒު ގަދަ ގައުމެއްގެ ވެރިޔަކު އޭނާގެ އަމިއްލަފުޅު ޓުވީޓަރ އެކައުންޓުން ދިވެހިބަހުން ޓުވީޓުކުރެއްވުމަކީ ދިވެހިބަހުގެ މައްޗަށް ދުނިޔޭގެ އެތައް ލޮލެއްގެ ސަމާލުކަން ހުއްޓޭނޭ ކަމެއްކަމަށެވެ. އަދި މިއީ ޝުކުރުވެރިކަމާއެކު ބަލައިގަންނަން ޖެހޭނެ ކަމެއް ކަމަށާއި ވަކީން ޚާއްޞަކޮށް ތާނައަކުރުން މެސެޖުކުރެއްވިކަން މިއީ އަދުގެ ސުމޭކު ދުނިޔޭގައި ތާނައަށް އޮތްފަހިކަން ހާމަވާ އަލި ގަދަ ހެއްކެއް ކަމަށް އަޝްރަފް ވަނީ ވިދާޅުވެފައެވެ. މިހެން ވުމުން ބޮޑުވަޒީރު މޯދީއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.” އަޝްރަފް އަލީ އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައި ވެއެވެ.

ދިވެހިބަސް ދެމެހެއްޓުމަށާއި ބަސްކުރިއެރުވުމުގައި ޤާނޫނީގޮތުން ޒިންމާ މަތިކޮށްފައިވާ ފަރާތުން މިކަން މިގޮތަށް ފާހަގަކުރި އިރު، ދިވެހި ގިނަ ރައްޔިތުންވެސް މީސް މީޑިއާގައި މިކަމާއި ގުޅޭ ގޮތުން ދަނީ ޝުއޫރުތައް ފާޅުކުރަމުންނެވެ.

ދިވެހިބަހުން ވާހަކަދައްކާ އަދި ތާނައަކުރުން ލިޔެއުޅޭ އާބާދިއަކީ އަވައްޓެެރި މަލިކުގެ އާބާދީއާއި އެކު ގާތްގަނޑަކަށް ތިންލައްކަ ފަސްދޮޅަހަކަށް ހާސްމީހުން ކަމަށް ވާއިރު، މޯދީގެ ޓުވިޓާ ފޮލޯވަރުންގެ ގޮތުގައިވެސް 44 މިލިޔަނަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޓުވީޓާ އެކައުންޓް 44.3 މިލިއަން މީހުން ފޮލޯކުރާއިރު، މޯދީގެ މިޓުވީޓާއި އެކު ދިވެހިބަހާއި ތާނައަކުރުގެ މައުލޫމާތު މީގެ ކުރިން ލިބިފައިނުވާ އެތައް ބަޔަކަށް ދިވެހިބަހާއި ތާނައަކުރު ތަޢާރަފްވެގެން ދާނެއެވެ. އަދި އެއާއި އެކު ދުނިޔޭގެ މުވާސަލާތީ ވިއުގަތަކުގައި ދިވެހިބަސް ހިމެނުމަށްވެސް ފުރުޞަތު ލިބުމަން މަގުފަހިވެގެން ދާނެކަމުގައި ބައެއް ދިވެހިން ޚިޔާލު ފާޅުކޮށްފައެވެ.

ދުނިޔޭގައި ބަސްތައް އެއްބަހުން އަނެއްބަހަށް ތަރުޖަމާކުރުމަށް ބޭނުން ކުރާ ސޮފްޓްވެއާތަކުގައި ދިވެހިބަސް ހިމެނިފައި ނުވާތީ، މޯދީގެ ޓުވީޓާއި ގުޅިގެން އެއީ ކޮންބަހެއްތޯ ޓުވިޓާގައި އިންޑިއާގެ ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ.