English Edition
Dhivehi Edition
ފޮޓޯ:ވަގުތު އޮންލައިން

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސައޫދީއަށް ވަޑައިގެން ނަމަވެސް އެގައުމުގެ ރަސްގެފާނާ ބައްދަލު ނުވާކަމަށް ބުނެ ޕީޕީއެމް އަށް ތާއިދުކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ނަޝީދަށް ވަރަށް ފާޑުކިޔައިފިއެވެ

ޕީޕީއެމްއަށް ތާއިދުކުރާ ފަރާތްތަކުން ބުނެފައިވަނީ ނަޝީދު ސައޫދީއަށް ވަޑައިގަތީ ރަސްގެފާނުގެ އެޕޮއިންޓްމެންޓަކަށް ފަހު، ބައްދަލު ކުރެވޭނެކަމުގެ އުންމީދުގައިކަމަށެވެ. އެހެންނަމަވެސް ރަސްގެފާނު ނަޝީދުއާ ބައްދަލުކުރެއްވުމަށް ދެކޮޅު ހެއްދެވި ކަމަށް އެ ފަރާތްތަކުންވަނީ ބުނެފައެވެ. އަދި ނަޝީދު އާއި ސައުދީ ރަސްގެފާނު އެކުގައި ނަގާފައިވާ އެއްވެސް ފޮޓޯއެއްވެސް މިހާތަނަށް ފެނިފައިނުވާކަމަށް އެ ފަރާތްތަކުންވަނީ ބުނެފައެވެ.ޕީޕީއެމްގެ މި ވާހަކަތަކަށް އެމްޑީޕީ އިން އަދި ރައީސްވެސް ވަކި އެއްޗެއް އަދި ވިދާޅުވެފައެއް ނުވެއެވެ

މިދިޔަ ހޯމަ ދުވަހު ނަޝީދު ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު އިނގިރޭސި ވިލާތައް ވަޑައިގެންފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. ސައުދީ ދަތުރުފުޅާއ ގުޅޭ ގޮތުން ނަޝީދުކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން، ރާއްޖެއާ ގުޅޭގޮތުން ދެއްކި ވާހަކައިގައި ސައުދީން ބޭނުންވަނީ އަބަދުވެސް އެ އިރެއްގައި އޮންނަ ސަރުކާރަކާ ގުޅުންބާއްވަން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ރައީސް އަބުދުﷲ ޔާމީނާއި ގުޅޭ އެއްވެސް ވާހަކައެއް ސައުދީއިން ނުދައްކަވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ