English Edition
Dhivehi Edition

އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީއާއި ހޮލީވުޑްގެ ތަރި މޭގަންމާކަލް އަށް ދަރިކަލެއް ނުވަތަ ދަރި ކަނބަލެއް ލިބިވަޑައިގަންނަވަން އުޅޭކަން ޝާހީ އާއިލާއިން ކަށަވަރުކޮށްދީފިއެވެ.

ޕްރިންސްހެރީ34އ އާ މޭގަން37އ ކައިވެނި ބައްލަވައިގެންފައިވަނީ މިއަހަރު މޭއި 19ވަނަދުވަހު ލަންޑަނުގެ ވިންޑްސޯ ގަނޑުވަރުގެ ސެއިންޓް ޖޯޖް ޗަޕެލްގައެވެ.

ދާދިފަހުންވެސް މޭގަން ޑޮކްޓަރަކާ ބައްދަލު ކުރައްވަފައިވާ ވީޑިއޯއެއް އާންމުވެފައިވަނިކޮށް މޭގަން އޭރުވެސް އިންނެވީ ބަލިވެކަމަށް އަޑުފެތުރުނެވެ. ނަމަވެސް އޭރު ޝާހީއާއިލާއިން އެކަމާގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮސްފައި ނުވެއެވެ. އެހެން ނަމަވެސްމިދިޔަ ހުކުރު ދުވަހު އޮތް އިނގިރޭސި ރާނީގެ މާމަ ދަރިކަނބަލެއް ކަމަށްވާ ޕްރިންސަސް ޔޫޖުނީ 28، އާއި އަމިއްލަ ވިޔަފާރިވެރިއެއް ކަމަށްވާ ޖެކް ބްރޫކްސްބޭންކް 32،އ ގެ ކައިވެނީގެ ހަފްލާގައި މޭގަން ލާފައި ވާ ކޯޓް ގަޔަށް ދޫކޮށް ހުރުމުން މީހުން ވަނީ މޭގަން ބަލިވެއިންނެވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން މޭގަން ބަލިވެއިންނެވި ކަމަށް އަޑުފެތުރިފައި ވަނިކޮށް، ކެސިންޓަން ޕެލަސް އިން އަނެއްކާ ރޯޔަލްބޭބީ އެއް ލިބެން އުޅޭކަން ހާމަކުރަމުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ޑަޗަސް އޮފް ސަސެކްސް އިންނެވީ ބަލިވެ ކަމަށާއި ދަރިކަލެއް ނުވަތަ ދަރި ކަނބަލެއް ލިބިވަޑައިގަންނަވާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވާގޮތުގައި މޭގަންގެ ސިއްޚީ ހާލުކޮޅު ރަނގަޅެވެ. އަދި މިހާރު މޭގަންގެ ބަނޑަށް 12 ހަފްތާވެފައިވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އަންނަ އަހަރު އޭޕްރީލް މަހު މޭގަން ވިހާނެކަމަށް ހަބަރުތައް ބުނާއިރު މޭގަން ބަލިވެއިންނެވިކަން އެނގުމާއެކު މޭގަންގެ މަންމަ ވަނީ “ބޭބީކެއާ” ކްލާސްތަކެއް ނަގަންފަށާފައެވެ. ބައެއް ފަރާތްތަކާ ހަވާލާދީ ހަބަރުތައް ބުނާގޮތުގައި މޭގަންގެ މަންމަ ކްލާސްތަށްނަގަން ފެށީ ބޭބީސިޓްކުރަން މެގަން ނެނީއެއް ބޭނުން ނުވާތީއެވެ.

މެގަން ބަލިވެ އިންނެވި ހަބަރާއެކު މުޅި ޝާހީ އާއިލާ އުފަލުން ފޮޅިފައި ތިބިއިރު ގިނަބަޔަކު ދަނީ ޝާހީ އާއިލާގެ ހުރިހާމެމްބަރުންނަށް މަރުހަބާ ދަންނަވަމުންނެވެ.