English Edition
Dhivehi Edition
ފޮޓޯ: ޕޮލިސްލައިފް

ގިނަ އަދަދެއްގެ މަސްތުވާތަކެތި އައްޑޫސިޓީ ހިތަޑޫއަށް އެތެރެކުރަން އުޅެނިކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މާލެއިން ހިތަދޫއަށް ދަތުރުކުރަމުންދާ ކަނޑު ބޯޓަކުން ހިތަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ މީހަކާއި 46 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ.

އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން، އޮކްޓޫބަރ 9ވަނަ ދުވަހުގެ 23:50 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހިތަދޫ ބަނދަރު ސަރަޙައްދުން މިދެމީހުން ހުއްޓުވައި ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ބުލެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީގު ކުރަމުންނެވެ.