English Edition
Dhivehi Edition

ޖަޕާނުގެ ޕާސްޕޯޓަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޕާސްޕޯޓެވެ. ސިންގަޕޫރުގެ ޕާސްޕޯޓާއި ވާދަކޮށް އެއް ދަރަޖަ ޖަޕާނުގެ ޕާސްޕޯޓު ވަނީ ވަރަށް ފަހުން ހޯދާފައެވެ.

މިގޮތުން ހެންލޭސް އެންޑް ޕާޓްނާސްއިން ކޮންމެ އަހަރަކު ނެރޭ ދުނިޔޭގެ އެންމެ ކުރީގައި ތިބޭ ޕާސްޕޯޓްތައް ރޭޓް ކުރިއިރު ޖަޕާނުން ވަނީ އެންމެ ކުރީގައި އޮތް ސިންގަޕޫރް ވައްޓާލައި ކުރި އަރާފައެވެ. މިމަހު ކުރީކޮޅު މިއެންމާއަށް ދަތުރު ކުރެވޭނެ ގޮތް ޖަޕާނުން ވަނީ ހޯދާފައިވާއިރު މިހާރު ޖަޕާނުގެ ޕާސްޕޯޓްއިން 190 ޤައުމަށް ދަތުރުކުރެވޭނެވެ.އަދި ސިންގަޕޫރުގެ ވިސާއިން ދަތުރުކުރެވޭނީ 189 ޤައުމަށެވެ.

މިހާރު އެއް ޕާސްޕޯޓުން އެންމެ ގިނަ ޤައުމަށް ދަތުރުކުރެވޭ ޤައުމުގެ މަގާމުވެސް އޮތީ ޖަޕާނުއަތުގައެވެ. ފްރާންސާއި ޖަރުމަންވިލާތް އަދި ސައުތް ކޮރިޔާ އޮތީ 3 ވަނައިގައެވެ.އެ ޤައުމުތަކުން ދަތުރުކުރެވޭނީ 188 ޤައުމަށެވެ.އޮސްޓްރޭލިޔާ އާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ ޕާސްޕޯޓުން ދަތުރުކުރެވެނީ 186 ޤައުމަށެވެ.މިޤައުމުތައް ދަނީ ލިސްޓުގެ 5 ވަނަޔަށެވެ.

އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެ ދަނީ މި ލިސްޓުގެ 58 ވަނަޔަށެވެ.އެއީ ދިވެހިރާއްޖޭގެ ޕާސްޕޯޓުން 87 ޤައުމަށް ދަތުރުކުރެވެއެވެ.އަދި ޗައިނާ ސައުދި އަރަބިޔާ އިންޑޮނޭޝިޔާ ފަދަ ޤައުމުތައް އަންނަނީ ލިސްޓުގައި ރައްޖެއަށް ވުރެ ފަހަތުގައެވެ.

ޓެގު