އުމުރުން އެންމެ ތިން އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް އެއްލާލާފައި އޮތްވާ ފެނިއްޖެއެވެ.
އިންޑިއާގެ އަވަށެއް ކަމަށްވާ އައްލާބާދު އަވަށަށް ނިސްބަތް ވާއެކުއްޖާ ލެއިންފޯވެފައި އޮތްވާފެނުނީ މާރުކޭޓް ސަރަހެއްދެއްކަމަށްވާ މަޒިޑިއާ އިސްލާމިއާ ސަރަހައްދުން ހޮނިހިރުދުވަހު ފަތިހު 5 ޖަހަން އުޅެނިކޮށެވެ.
އައްލާއާބަދުގެ ޕޮލިސްސްޓޭޝަންގެ އޮފިސަރ ބުނެފައިވަނީ ތުއްތުކުއްޖާ ގެއަށް ނައިސް ލަސްވެގެން ހޮނިހިރުދުވަހު ރޭދަންވަރު ދޭއް ޖަހާކަންހާއިރު އާއިލާއިން ފުލުހުންނަށް އެންގިކަމަށެވެ. އެވަގުތުން ފެށިގެން އެކުއްޖާގެ އާއިލާ މީހުނާއެކު ފުލުހުން އެކުއްޖާ ހޯދަމުން ދަނިކޮށް ފެނިގެން ފުލުހުންނަށް އެންގީ އެހެން މީހެކެވެ.
ފުލުހުން ބުނެފައިވަނީ އެކުއްޖާ ފެނުނުއިރު ހަށިގަނޑުން ވަރަށް ގިނައިން ލޭފައިބާފައި ހުރިކަމަށާއި ނަމަވެސް މަރުނުވާކަމަށެވެ. އެހެންކަމުން އެއަވަށުގެ ހޮސްޕިޓަލަކަށް ގެންގޮސް އެޑްމިޓްކޮށް މިހާރު ފަރުވާދޭން ފަށާފައި ވާކަމަށް ފުލުހުން ބުނެއެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވަނީ އެކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ.
މިމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާއިރު އިންޑިއާގެ އަވަށެއް ކަމަށްވާ މީރަޕުރ ވިލެޖްގައި ދެއަހަރުގެ ކުޑަކުއްޖަކަށް ޗޮކްލެޓްދީގެން ވަލުތެރެއަށް ގެންގޮސް އެކުއްޖާ ރޭޕްކުރި މައްސަލައިގައި ޖާވިދް ކިޔާ 30 އަހަރުގެ މީހަކު ހައްޔަރުކޮށް މިހާރު ދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.