ތުލުސްދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު އިބްރާހީމްގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ޙުކުމުގައި ވަނީ 18 ޖުލައި 2018 ގައި ވައްޑެގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކަމަށެވެ.
މަޖިލީހަށް އިންތިޚާބުވި ޕާޓީން، ޖުލައި 13، 2017 ގެ ތާރީޚަށް ފަހު ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މިދިޔަ ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ވައްޑެގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ. ނަމަވެސް، ވައްޑެ އާއި އޭނާގެ ވަކީލުން ތަކުރާރުކޮށް ކޯޓުގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ ކުރިން، ޕީޕީއެމުން ވައްޑެ ވަކިކޮށްފައިވާ ކަމަށެވެ.
(ތަފްސީލް އަންނަނީ)