އައްޑޫސިޓީގެ 05 ފަންނެއްގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން އައްޑޫސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.
ކައުންސިލް އިދާރާއިން އިއްޔެ އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުއްވުން އެދޭކަމަށެވެ .
ބިޑް ވިއްކުން އޮންނާނީ 2018 އޮކްޓޫބަރު 03 ވާ ބުދަ ދުވަހުގެ ހެނދުނު 11:00ން ފެށިގެން 2018 އޮކްޓޫބަރު 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2018 އޮކްޓޫބަރު 15 ވާ ހޯމަ ދުވަހުގެ 12:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2018 އޮކްޓޫބަރު 03 ވާ އަންގާރަ ދުވަހުން ފެށިގެން 2018 އޮކްޓޫބަރު 14 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލް ކޮށްދެއްވުން އެދޭކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި އެ މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 އޮކްޓޫބަރު 14 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.
އީމެއިލް: [email protected]
ކޮޕީ : [email protected]