English Edition
Dhivehi Edition
ރައީސް މައުމޫން އަބްދުލް ގައްޔޫމް

ކަފާލާތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުން މިނިވަން ކޮށްފިއެވެ.

ރައީސް މައުމޫނު ބަންދުން ދޫކޮށްލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން މިރޭ ކަފާލާތުގެ ދަށުންނެވެ. ކަފާލާތުގެ ދަށުން ރައީސް މައުމޫނުގެ ފަރާތުން ބެހެއްޓެވީ 60000 ރުފިޔާއެވެ.

އިންސާފު ގާއިމްކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި، ރައީސް މައުމޫން ޖަލަށްލާފައިވަނީ ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށެވެ.

ކަފާލާތުގެ ދަށުން ރައީސް މައުމޫނު ދޫކޮށްލިއިރު ދަރިކަލުން ފާރިސްމައުމޫނުވެސް މިރޭވަނީ ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލާފައެވެ. ފާރިސް ދޫކޮށްލާފައިވަނީ 40000 ރުފިޔާ ގެ ޑިޕޮސިޓެއް ހައިކޯޓްގައި ބެހެއްޓުމަށްފަހުއެވެ.

ފާރިޝްގެ އިތުރުން މިރޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. ގާސިމް ދޫކޮށްލަން ހައިކޯޓުން އަމުރުކުރީ ކޯޓުން ކަނޑައެޅި ޝަރުތުތަކަކަށް ގާސިމް އެއްބަސްވެވަޑައިގެން ގާސިމްގެ ފަރާތުން 70000 ރުފިޔާގެ ގެ ޑިޕޮސިޓެއް ހައިކޯޓްގައި ބެހެއްޓުމަށްފަހުއެވެ.