ވިއެޓްނާމުގެ ރައީސް ޓްރެން ޑައި ގުއަންގް އަވަހާރަވެއްޖެ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާތަކުން ބުނެފިއެވެ
އަސްކަރީ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށްއުމުރުން 61 އަހަރުގައި ގުއަންގް އަވަހާރަވި އިރު އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ރިޕޯޓްތައްވަނީ ބުނެފައެވެ.ބޭރުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި ގުއަން ވަނީ ވަރަށް ސީރިއަސް ބައްޔެއްގައި ވިއެޓްނާމުގެ އިތުރުން ބޭރުން ވެސް ފަރުވާ ހޯއްދަވާފައެވެ
ވިއެޓްނާމުގެ ރައީސް ކަމުގެ މަގާމަށް ގުއަންގް ވަޑައިގެންނެވީ 2016 ވަނަ އަހަރު އެޕްރީލްމަހުގައެވެ.