English Edition
Dhivehi Edition

ރޭގެ ވަގުތެއްގައި ކަނޑަށް ވެއްޓި ގެއްލުނު ށ. ބިލެތްފަހި / ކްރެސްޓް، އުމުރުން 25 އަހަރުގެ ޢަލީ ފައުޒާން ދިރިހުއްޓާ ފެނިއްޖެ ކަމަށް އެމް އެންޑީއެފުން ވިދާޅުވެއްޖެއެވެ.

ފައުޒާން ދަތުރު ކުރަމުން ދިޔައީ އއ. ސަފާރީ އައިލެންޑް ރިސޯޓުން މާލެއަށް ދަތުރު ކުރަމުންދިޔަ “މިންވަރު” ނަމަކަށްކިޔާ ދޯންޏެއްގަ އި އިތުރު 3 މީހުންނާ އެކޮށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފް އިންވިދާޅުވީ ފައުޒާން ފެނިފައިވަނީ އެސަރަހައްދުން ދަތުރު ކުރަމުން ދިޔަ ލޯޗަކަށް ކަމަށާއި ފެނުނުއިރު އޭނަގެ ހާލު ރަނގަޅުކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ ރޭ 21:28 ގައެވެ. އެވަގުތުން ފަށައިގެން ހުއްޓުމެއް ނެތި ފައިޒާން ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން ވެސް އެމްއެންޑީއެފުން ޔައީ މަސައްކަތް ކުރަމުންނެވެ.