English Edition
Dhivehi Edition

މާލެއަތޮޅާއި އައްޑޫސިޓީއާދެމެދުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ މީޓިއޮރޮލޮޖިކަލް ސެންޓަރުން ވައިޓް އެލާރޓް ނެރެފިއެވެ.

މި ސަރަހައްދުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:30 އާ ހަމައަށެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ވައިޓް އެލާރޓްގެ މުއްދަތުގައި މާލެއަތޮޅާއި އައްޑޫސިޓީއާ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ރޭ ފަތިހު 4:30 އިން ފެށިގެން މިއަދު ހެނދުނު 10:30 އަށް އައްޑޫ ސިޓީއާއި ވ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށްވެސް ވައިޓް އެލާރޓް ނެރެފައިވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިންބުނީ ކުރިއަށްއޮތް 5 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށެވެ.