English Edition
Dhivehi Edition

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އައްޑޫން ފުރައިގެން ސިލޯނަށް ދަތުރު ކުރަނިކޮށް ޖަޕާން ސިފައިން ހަމަލާ ދީ ފައްތައިލި އައްޑޫ މަޝްހޫރު އޮޑި “ޔާހުންބަރާސް” ގެ ހަނދާނުގައި ، ހިތަދޫ އަވަށުގައި ޔާހުންބަރާ ހަދާނީބިނާއެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫސިޓީ ކައުންސިލުން ބޭނުންވެއްޖެއެވެ.

އައްޑޫސިޓީ ކައުުންސިލުން އިއްޔެ އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެ އިދާރާގެ ރަސްމީ ވަގުތުގައި ނަންބަރު 6885003 ފޯނާއި ގުޅުއްވައި ނަންނޯޓުކުރެއްވުމަށްފަހު، މަސައްކަތުގެ މައުލޫމާތު ސާފުކުރުމަށް 2018 ސެޕްޓެންބަރު 27 ވާ ބުރާސްފަތި ދުވަހު 11:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުންއެދޭ ކަމަށެވެ

މި މަސައްކަތާ ގުޅޭ ގޮތުން ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2018 އޮކްޓޯބަރު 07 ވާ އާދީއްތަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

“ޔާހުންބަރާސް” އަކީ ހިތަދޫ އެޅެދީދީގެ އަލިދީދީގެ އަމިއްލަ އޮޑިއެކެވެ. ސިލޯނަށް އޮޑި ކުރި ދަތުރުގެ ތެރޭގައި ވަނީ ސިއްކަގޭ މުހައްމަދު މަނިކުފާނާއި ހިތަދޫ އަބެއްޔާގެ އިބްރާހީމްދީދީ ފިޔަވައި، އެއިން ދަތުރު ކުރި އެންމެން މަރާލައިފަ އެވެ.