ރޭ ފުވައްމުލަކުގައި މީހެއްގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ
މި ހާދިސާގައި ޒަހަމް ލިބުނު 33 އަހަރުގެ ފިރިހެނަކަށް އެ ރަށު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.
މި މާރާމާރީ އާއި ގުޅިގެން ފުލހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ރަށުގައި މާރާމާރީއެއް ހިންގައިގެން 8:20 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅޭއިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ،.