33 މީހުން މަރާލާފައިވާ އިންޑިއާގެ މީހަކު އޭނައަށް ގޯސްއަމަލު ކުރަން މަޖުބޫރު ވީ ބައްޕަގެ ލޯބި ނުލިބުމުން ކަމަށްބުނެފިއެވެ.
އިންޑިއާގެ ބޯޕާލް އަށް އުފަން ސީރިއަލް ކިލާ އަދޭޝް ޙަމްރާ ވަނީ 2005 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް 33 މީހަކު މަރާފައެވެ.
މިހާދިސާތަހުގީގު ކުރާފުލުހުން ބުނެފައިވަނީ ޓްރަކެއް ފޭރުމުގެ މައްސަލައިގައި އަދޭޝް ހައްްޔަރުކޮށް ކުރެވުނު ތަހުގީގަށް އޭނާ ސީރިއަލް ކިލާއަކަށް ވީގޮތް ކިޔައިދީފައިވާ ކަމަށެވެ. އަދޭޝް ބުނެފައިވަނީ އޭނާ ގެ ބައްޕަ ސިފައިންގެ ވަޒީފާއިން ރިޓަޔަރ ކުރީ އޭނަ ވަރަށް ކުޑައިރު ކަމަށާއި އޭގެފަހުން ބައްފަ ގޭތެރޭގައި ގެންގުޅެނީ ވަރަށް ހަރުކަށި އުސޫލް ތަކެއްކަމަށެވެ. އަދޭޝް ތަހުގީގަށް ބުނެފައިވަނީ އޭނާ ކުޑައިރުންފެށިގެން ކުދިކުދި ކަންތައްތަކުގައި ބައްޕަ އޭނަގައިގަ ތަޅާ އަނިޔާކޮށް ގެއިންބޭރަށް ލާކަމަށާއި ދުވަހަކުވެސް ބައްޕަގެ ލޯބި ލިބިފައިނުވާކަމަށެވެ.
ޕައަދޭޝްގެ ބަޔާނުގައި އޭނަބުނެފައިވަނީ ބައްފަގެ ލޯބި ނުލިބި މުޅިޅަފަތު ހޭދަވެގެން ދިޔައީ އަނިޔާ ލިބުމުގައި ކަމަށްވުމުން މަގުފޭރެމުން ދިޔަ އޭނަ ގެ އާއިލީ މީހަކާ އެކީ ފޭރުމުގެ އަމަލު ކުރަން ފެށިކަމަށެވެ. އެހެން ކަމުން ބޮޑެތި ޓްރަކް ފޭރުމުގެ ހާދިސާތައް ހިންގުމަށްފަހު އޭގައި ހުންނަޑްރައިވަރު ނުވަތަ ދެންތިބޭމީހުން މަރާލަނީ ފުލުހުންނަށް އޭނަކުރާ ފޭރުމުގެ އަމަލު ފޮރުވުމަށްޓަކައެވެ.
2010 ވަނަ އަހަރު ފޭރުމުގެ މައްސަލައެއްގައި އަދޭޝް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށްގެނެވިފައެވެ. ނަމަވެސް އެއް އަހަރުފަހުން އޭނާދޫކޮށްލުމުން ދިމާވި ގޭންގްސްޓާރުން ނާ އަލުންގުޅި ފޭރުމުގެ އަމަލުތަކާ މީހުންމެރުމުގެ އަމަލު ގޭންގެއް ހަދައިގެން ފެށިއެވެ. ފުލުހުން ބުނެފައިވަނީ މިގޭންގްއިން މީހުން މެރުމަށްފަހު އެމީހުންގެ އަންނައުނުތައްވެސް ގެންދާކަމަށެވެ. އަދޭޝް ދޫކޮށްލިފަހުން ވަނީގޭންގް އިރުތު މީހަކާއެކު ދެވަނަފަހަރަށް ސީރިއަލް ކިލާއެއްގެ ތުހުމަތުގައި ހައްޔަރުކުރެވިފައެވެ.
އަދޭޝް ފުލުހުންގެ ބެލުމުގެ ދަށުގައި ވާއިރު ފުލުހުން ވަނީ އާންމުކޮށް ފޭރުމާއި މެރުމުގެ ހާދިސާތައް ހިނގާފައި ވާ ސަރަހައްދެއް ކަމަށްވާ މުމްބާއީން ކޮލްކައްތާ އާށް ދާމަގު އަދި ބޯޕާލްގެ ގުނަ-ގްވެލިއާ ސްޓޭޓް ހައިވޭގައި ދުއްވާއިރު ސަމާލުވުމަށް އިލްތިމަސްކޮށްފައެވެ. އަދި އެއްވެސް މީހަކު ތަނަކަށް ގެންގޮސްދޭންބުނުމުން އުޅަނދަށް ނޭރުވުނަމަށާއި ފައިސާދީގެންވެސް ދަތުރެއް ކޮއްލަދޭށޭބުންޏަސް އުޅަނދު މަޑުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އިންޑިއާއަކީ ރޭޕް، ވައްކަން، ގެވެށިއަނިޔާ، ފޭރުން، މާރާމާރީ އަދި މީހުން މެރުމުގައި އިންތިހާއަށް ކުރިއަރާފައިވާ ގައުމެކެވެ. އަދި އިންޑިއާ ފަހަގަވެފައިވަނީ ދިގުދަތުރުތައްކުރާ ޓްރަކްފަދަ އުޅަނދު ހުއްޓުވާ ފޭރޭ އަދި މީހުންމެރުމުގެ މައްސަލަތައް ވަރަށް ގިނަގައިިމެއްގެ ގޮތުގައެވެ.