English Edition
Dhivehi Edition
ހުޅުމީދޫ މެދު ބަނދަރު ސަރަހައްދު -- ފޮޓޯ: ސިރާޖް

އައްޑޫސިޓީ ހުޅުމީދޫ އާ ހިތަދޫވެސް ބްރިޖަކުން ގުޅާލަދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސްޔާމީން މިހެން ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން ހުޅުމީދޫއަށް ވަޑައިގެން ހުޅުމީދޫ ބަނދަރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ދެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސްޔާމިން ވިދާޅުވީ މާލެއާއި ހުޅުމާލެ ގުޅުވާލެވިފައި އޮތްގޮތަށް ރައީސްޔާމީން ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ މީދޫ އާ ހިތަދޫއާދެމެދު ބްރިޖެއް އަޅައި އައްޑު އަތޮޅު އެކޮށް ގުޅުވާލަނެކަމަށެވެ.

“އަޅުގަނޑަށް މިއަދުވެސް ކުޑަކުއްޖަކު ދިނީ ގަމާއި ހުޅުދޫ އާދޭތެރޭ ބްރިޖެއް އަޅާފައި ހުރިތަން ކުރަހާލާފައި، އެކަމަކު ދައްނަވަންތޯ ގަމާއި ހުޅުދޫއާއި ދޭތެރޭގައި އަޅާ ބްރިޖްގެ ވާހަކަ އަޅުގަނޑުމެން މިހާ ފަސޭހަކޮށްނެގިޔަސް އަޅުގަނޑު ބްރިޖެއް އަޅާނަން، އެކަން ކުރަން އަޅުގަނޑަށް ފަސޭހަ އެހެން ވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަން” ރައީސްޔާމީން ވިދާޅުވިއެވެ.

އައްޑު އަތޮޅަކީ ގުޅިފައިވާ ރަށްތައް ފިޔަވާ ހުޅުމީދޫ ވަކިން އޮންނަ އަތޮޅަކަށްވާއިރު ހުޅުމީދޫގެ ގިނަ ރައްޔިތުން ދަނީ ބޭސްފަރުވާ އަށް ހިތަދޫއަށް ކަނޑު ހުރަސްކޮށް ވަކި ވަގުތުތަކެއްގައި ދާންޖެހުމުން ގިނަ ތަކުލީފުތަކަކާ ކުރިމަތި ލަމުނެނެވެ. އެހެން ކަމުން ހިތަދޫއާ މީދޫ ބްރިޖަކުން ގުޅާލެވިއްޖެނަމަ ހުޅުމީދޫގެ ރައްޔިތުންނަށް ބޭސްފަރުވާ ކުރުމަށް ހިތަދޫއަށް ދާނެމަގު ފަސޭހަވެގެންދާނެއެވެ.