English Edition
Dhivehi Edition

ރީނދޫ “ޓަރމެރިކް” އަކީ އާންމުކޮށް ކައްކަން ގެންގުޅޭ ސްޕައިސްއެކެވެ. ނަމަވެސް އިންޑިއާގައި ރީނދުލަކީ ވަރަށް މަގްބޫލު އެއްޗަކަށް ވަނީވެފައެވެ. އިންޑިއާގެ މީހުންނަކީ އާންމުކޮށް އެމީހުންގެ ޑައެޓްގައި، ކޮންމެ ދުވަަކު ރީނދޫ އަޅައިގެން ކިރުތައްޓެއް ބޭނުން ކުރާބައެކެވެ. ރީނދުލަކީ އޭގައި ސިއްޙަތަށް ވަރަށް ގިނަފައިދާތަކެއް ލިއްބައިދޭ މާއްދާތަކެއް ހިމެނޭއެއްޗެކެވެ. އެގޮތުން ޕޮޓޭޝިއަމް، އޮމެގާ3 ފެޓީއެސިޑްސް، ލިނޮލެނިކް އެސިޑް، ޕްރޮޓިން، ކާބޯހައިޑްރޭޓްސް، އަދި ފައިބާ ރީނދުލުގައި ހިމެނެއެވެ.

ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ރީނދުލަކީ ހަޖަމްގެނިޒާމަށް ވަރަށް ރަނގަޅު ފަރުވާއެކެވެ. ރީނދުލުގައި ހިމެނޭ އެންޓި އިނފްލެމެންޓަރީ މާއްދާއިން ހަށިގަނޑުގައި އުފައްދާ ފެޓް ސެލްތައް ނައްތާލަދެއެވެ. އަދި ލޭގެ ހަކުރު ހިމެނޭ މިންވަރު ދަށްކޮށް އިންސިއުލިން ލެވެލް ދައްކޮށްދެއެވެ. އެހެންކަމުން ކޮންމެދުވަހަކު ޑައެޓްގައި ރީނދޫ އަޅައިގެން ސައިބޭނުން ކޮށްލުމުން ގައިގައި ޖަހާފައިވާ ސަރުބީތައް ވިރުމުގައި އެހީވެދޭނެއެވެ.

ސަރުބީތައް ވިރުވާލަންރީނދީޫ އަޅައިގެން ތައްޔާރު ކޮށްލެވިދާނެ4 ވައްތަރެއްގެ ސައެއް:

1- ރީނދޫ އިނގުރު ސައި

ތަވައަކަށް ފެން އެޅުމަށްފަހު ރީނދޫ އަދި އިނގުރުގާނާފައި އެޅުމަށްފަހު ރަނގަޅަށް ކައްކާށެވެ. ކޮންމެދވަހަކު މިސައި ބޭނުން ކޮށްލުމުން ހަށިގަނޑު ލުއިވެ ސަރުބީތައް ވިރިގެން ދާނެއެވެ. ރީނދޫގެ އިތުރުން އިނގުރަކީވެސް ލޭގެ ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ.

2- ރީނދޫ މިންޓް ސައި

ރީނދޫ ސައި ތައްޔާރުކުރާއިރު އިނގުރު ބޭނުން ކުރަން ބޭނުން ނުވަންޏާ މިންޓްފަތްކޮޅެއް އިނގުރުގ ބަދަލުގައި ބޭނުން ކޮށްލެވިދާނެއެވެ. ރީނދޫ އެޅުމަށްފަހު މިންޓްފަތް އަޅައިގެން ސައި ތައްޔާރު ކުރުމަށްފަހު ކޮންމެދުވަހަކު ބޭނުން ކުރާށެވެ. މިންޓަފަތަކީ ކެލޮރީސްދަށް އަދި ފައިބާ ހައި އެއްޗެކެވެ. އެހެން ކަމުން ހަޖަމްކުރުމުގެ ނިޒާމްގެ މައްސަލަތަކަށްވެސް މި ސައި ބޭނުން ކޮށްލުމުން ރަނގަޅުވާނެއެވެ.

3- ރީނދޫ އަދި ފިނިތޮށި ސައި

ރީނދޫ އަޅައިގެން ސައި ތައްޔާރު ކުރުމަށްފަހު މުގުރި ފޮނިތޮށި ކޮޅެއް އަޅައިގެން ކޮންމެދުވަހަކު ބޭނުން ކޮށްލެވިދާނެއެވެ. ފޮނިތޮށިން އިންސިއުލިން އުފައްދާ މިންވަރު ހިފަހައްޓައިދިނުމުގެ އިތުރުން އެއީ އެންޓިއޮކްސިޑެންޓް ހިމެނޭ އެއްޗެކެވެ.

4- ރީނދޫ މާމުއި ސައި

ރީނދޫ ސައި ތައްޔާރު ކުރުމަށްފަހު ހަކުރުގެ ބަދަލުގައި މާމުއި ފޮނި ރަހަލާވަރަށް ބޭނުންކޮށްލާށެވެ. މާމުއިއަކީ އެންޓި- އިންފްލެމެންޓަރީ މާއްދާތައް ހިމެނޭ އެއްޗަކަށް ވުމުން ހަށިގަނޑުގެ ބަރުދަން ވަރަށް އަވަހަށް ލުއިކޮށްދެއެވެ.

ހަށިގަނޑުގައި ހުންނަ ސަރުބީ ވިރުވާލުމަށް އަދި ހަށިގަނޑުގެ ބައްޓަން ކޮށް ރީތި ކޮށްލުމަށް މަތީގައި ބަޔާންކޮސްފައި ވާ 4 ވައްތަރުގެ ސައިން ކޮންމެވެސް އެއްވައްތަރެއްގެ ސައެއް ކޮންމެ ދުވަހަކު ނާސްތާގައި ހިމަނާށެވެ. އަދި މީހެ އިތުރުން ކޮންމެދުވަހަކު ވެސް ކޮންމެވެސް ވަރަކަށް ކަސްރަތު ކޮށްލުމުން އެދެވޭ ނަތީޖާ ވަރަށް އަވަހަށް ފެނިގެން ދާނެކަމަށް ދިރާސާގައި ބުނެފައިވެއެވެ.

ނޯޓް: މަތީގައި ގެންސްދީފައި ވާ ސައި ތައްޔާރު ކުރުމަށް ސައިސަމުސަލެއްގެ ރީނދޫ އެޅުމަށްފަހު އެހެން ބާވަތްތައް ވެސް ބޭނުން ކުރާނީ އެތަށްޓަކަށް ރަހަލާވަރަށެވެ.