ރައްޔިތުންގެ އެންމެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިވެހިންގެ ރަށްތައް ވިއްކާފައި ހުރީ ކޮން ގައުމެއްގެ ކާކަށް އެނގިވަޑައިނުގަންނަވާކަމަށާއި މި ލާ ވޯޓުން ނޫނީ އެކަން ދެނެގަނެވޭނެ އެއްވެސް އަލި މަގެއް ފެންނާކަށް ނެތްކަމަށެވެ.
މީގެ އިތުރުން އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ ބޭފުޅަކަށް ވެވަޑައިނުގަންނަވާނެކަމަށެވެ.އަދި އޭރާއި މިހާރު ވެސް ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުން ނަމުގައި ދަރަނި ނެގޭނީ، އެ މީހުންނަށް އެނގި، ހުއްދަ ލިބިގެން ކަމަށެވެ.
އިބޫ ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ވެރިކަން ހިންގާނީ ރައްޔިތުންނާ ގާތުން ކަމަށާއި ރައްޔިތުންގެ ބަސް ބުނުމުގައި ފުރިހަމަ ލާމަރުކަޒީ، ޖަޒީރާ ރާއްޖެއެއް އޮންނާނެކަމަށެވެ