English Edition
Dhivehi Edition

އިންޑިއާގެ ކަލްކަތާ ޑިސްޓްރިކްޓް ގައި ހަދާފައިވާ ދަ މަޖާހަތް ބުރިޖް ހަލާކުވެގެން ވެއްޓިއްޖެއެވެ.

މި ބްރިޖް ވެއްޓިފައި ވަނީ 4 ސެޕްޓެމްބަރ 16:45 ވީއިރު ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ. މި ހާދިސާގައި އެކަކު މަރުވެ 25 މީހުންނަށް ބޮޑެތި އަނިޔާ ލިބިފައިވާ ކަމަަށް ޚަބަރުތައް ބުނެއެވެ.

މި ބުރިޖަކީ އާޓެރިއަލް ޑައިމަންޑް ރޯޑްގައި ހުރި 50 އަހަރުވީ ބުރިޖެކެވެ. އަންގާރަ ދުވަހުގެ ހަވީރު ހިނގި މި ހާދިސާގައި ގިނަ ބަޔަކު ބުރިޖްގެ ތެރޭގައި ތާށިވެފައިވުމުގެ ިއތުރުން ގި އަދަދެއްގެ އުޅަނދު ތަކެއްވެސް ތާށިވެފައިވެއެވެ.

ބުރިޖް އެޅުމަށް މަސައްކަތް ކުރި ޕްރޮޖެކްޓް މެނޭޖަރ ބުނެފައި ވާގޮތުގައި މި ހާދިސާ މެދުވެރިވާން ދިމާވި ސަބަބަކީ ދުވަސްވެފައިވާ އާރ ސީ ސީ ގުރިޑަރެއް ފެއިލް ވުމުންނެވެ. .

ބްރިޖް ވެއްޓުމުގެ ހާދިސާ ހިނގި ހިސާބުގައި 5 ރެސްކިއު ޓީމް ހަރަކާތްތެރިވެފައިވެއެވެ. މަންޒަރު ދުށް ފަރާތަކުން ބުނެފައި ވާގޮތުގައި މި ހާދިސާހިނގި އިރު ބުރިޖް މަތީގައި ބައިވަރު މީހުން ތިބި ކަމަށްވެއެވެ.