English Edition
Dhivehi Edition

އިންޑިއަން ރުޕީސްގެ ބްލެކް މާކެޓްގެ ކަންތައް ހުއްޓުވަން އިންޑިއާ ސަރުކާރުން ކުރި މަސައްކަތުން އެއްވެސް ހައްލެއް މިހާތަނަށް ލިބިފައި ނުވާކަމަށް އެގައުމުން ބުނެފިއެވެ.

އިންޑިއާގައި ބޭނުން ކުރަމުން ދިޔަ 500 އާއި 1،000 ރުޕީސްގެ ނޫޓްތައް ޑިސެމްބަރު 8، 2016 އިން ފެށިގެން ހުއްޓުވި ނަމަވެސް އެކަމުގެ ފައިދާކޮށްފައި ނުވާ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.

ބޮޑު އަދަދުތަކުގެ ނޫޓުތައް މަނާކުރީ ގަވާއިދާ ޚިލާފަށް ގެންގުޅޭ “ކަޅު ފައިސާ” ހުއްޓުވުމަށެވެ. ފައިސާގެ ބޮޑެތި ނޫޓްތައް މަރުކަޒީ ބޭންކަށް ހަވާލު ކުރަން ދިން މުހުލަތުގައި ގާތްގަނޑަކަށް ހުރިހާ ފައިސާއެއް ބޭންކްތަކަށް ޖަމާކޮށްފައިވާ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ. އެހެންވެ ބޮޑެތި އަދަދުތަކުގެ ނޫޓުތައް ހުއްޓުވުމަކީ އިންޑިއާ ސަރުކާރުން ކުރި ބޭކާރު ކަމެއް ކަމަށް މަރުކަޒީ ބޭންކުގެ އަހަރީ ރިޕޯޓުގައި ބުނެފައިވެ އެވެ.

އިންޑިއާގެ ސަރުކާރުން ދިން މުހުލަތުގައި 216.7 ބިލިއަން ޑޮލަރަށް ވާވަރުގެ އިންޑިއަން ރުޕީސް ހަވާލުކޮށްފައިވެއެވެ. އެއީ 500 އާއި 1،000 ރުޕީސްގެ ސާކިއުލޭޝަންގެ 99.3 ޕަސެންޓް ކަމަށް ވެސް ބޭންކުން ބުނެފައިވެ އެވެ. ރުޕީސްގެ 500 އާއި 1،000 ގެ ނޫޓަކީ އިންޑިއާގެ ކަރެންސީ ސާކިއުލޭޝަންގެ 86 ޕަސެންޓެވެ.