English Edition
Dhivehi Edition

ދިވެހިރާއްޖެ ބައިވެރިވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ” ސާފް ސުޒުކީ ކަޕް 2018 “ދިރާގު ޓީވީން ދައްކާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން ބުނީ ސާފް ސުޒުކީ ކަޕް 2018 ދައްކާނީ ދިރާގު ޓިވީގެ ޗެނަލް ނަންބަރު 106 (ޑީސްޕޯރޓްސް) އިން ކަމަށެވެ. އަދި ދިރާގު ޓީވީ އެޕްގައި ޔޫސާނޭމް އާއި ޕާސްވޯޑަށް “ޕްލޭ” ޖަހައިގެން މުބާރާތް ލައިވްކޮށް ބެލޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

މި މުބާރާތުގައި ރާއްޖެ އެންމެ ފުރަތަމަ މެޗު ކުޅޭނީ ހުކުރު ދުވަހު ސްރީ ލަންކާއާ ދެކޮޅަށެވެ. މި ގްރޫޕުގައި ދެން އޮތީ އިންޑިއާ އެވެ. ދެ ވަނަ ބުރަށް ދާނީ އެންމެ ކުރި ލިބޭ ދެ ޓީމެވެ.

ދިރާގުން ބުނީ އެކުންފުނިން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީން ޚަބަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާ އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށެވެ.

ދިރާގު ޓީވީގެ އިންޓްރޯ ޕެކޭޖުގެ އަގަކީ މަހަކު އެންމެ 300 ރުފިޔާ އެވެ. އެ ޕެކްޖްގައި 60 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭ އިރު އޭގެ ތެރޭގައި 4ކޭ ޗެނަލް ވެސް ހިމެނޭއެވެ. ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮންޓެންޓް ބެލުމަށް ވަކީ ޚާއްސަ ޖޯއިބޮކްސްއެއް ބައްލަވާގަންނަވާކަށް ނުޖެހޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. މިހާރު ރާއްޖޭގެ 41 ރަށުގައި ދިރާގު ޓީވީ ހިދުމަތް ވަނީ ތައާރަފް ކޮށްފައިއެވެ.