މިދިޔަމަހު “ފޭސްބުކް” ގައި ވައިރަލްވެފައިވާ ވީޑިއޯގައި އަންހެން ކުދިން ތަކެއް ބައިވެރިވެގެން ކުޑަ އަންހެން ކުއްޖެއްގެ ގައިގައި ތަޅާމާރާމާރީ ހިންގި ވީޑިއޯގައި ފެންނަ ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ވައިރަލް ވި ވީޑިއޯގައި އަނިޔާލިބޭ ކުއްޖާ އަކީ ގދ.ތިނަދޫ އާބާދުވާދީ، ނަޝްފާ ޙަސަން 15އ އެވެ.
ފުލުހުންބުނީ މިމައްސަލަ އާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ 17 އަހަރުގެ އަންހެން ކުއްޖަކާ 18 އަހަރުގެ އަންހެނެއްކަމަށެވެ . މިދެ އަންހެން ކުދިން ހައްޔަރު ކުރި ނަމަވެސް އިތުރު ބަޔަކު ހައްޔަރު ކުރި ކަމެއް ނުވަތަ އިތުރު ބަޔަކު ހޯދާކަމެއެއް އަދި ސާފެއް ނުވެއެވެ.
އަންހެން ކުދިން ތަކެއް ނަޝްފާ އަށް އަނިޔާކުރި ވީޑިއޯ ވައިރަލް ވުމާއެކު ނަޝްފާ ގެއްލިގެން ފުލުހުން އޭނަ ހޯދަން އިއުލާން ވެސް ކުރިއެވެ
ނަޝްފާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައި ވަނިކޮށް ނަޝްފާ އަމިއްލައަށް ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓަށް ވަނީ ހާޒިރު ވެފައެވެ.