English Edition
Dhivehi Edition

ސެމްސަންގް ގެލެކްސީ ނޯޓް 9 މިރޭ ދިރާގުން ވިއްކަން ފަށައިފި އެވެ.

ރާއްޖޭގެ މުވާސަލާތީ އެންމެ ގިނަ ދުވަސްވީ ކުންފުނިން ނޯޓް 9 ލޯންޗްކޮށްފައިވަނީ ހެޑް އޮފީހުގައި މިރޭ ބޭއްވި ހާޢްސަ ރަސްމިއްޔާތެއްގައެވެ. މިރޭ ދިރާގުންވަނީ ނޯޓް 9 ގަތުމަށް ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް ފޯން ދޫކުރަން ފަށާފައެވެ.

ދިރާގުން މިރޭ ނޯޓް 9 ވިއްކަން ފަށާފައިވާއިރު ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަން ދޭ ގޮތަށް ލިމިޑެޓްކޮށް ކޮންމެ ފޯނަކާއި އެކު ބްލޫޓޫތް ސްޕީކަރެއް ލިބޭނެކަމަށްވެސް ދިރާގުން ބުނެއެވެ.

ސެމްސަންގް ގެލެކްސީ 9 ނުވައެއްގެ މިޑްނައިޓް ބެލެކާއި އޯޝަން ބުލޫ އަދި މެޓަލިކް ކޮޕަރ މި ތިން ކުލައިގެ ފޯނަށްވެސް ޕްރީ އޯޑަރ ކުރެވޭނެ ކަމަށާއި 128 ޖީބީ އާއި 512 ޖީބީގެ ފޯންވެސް ލިބޭނެ ކަމަށް ދިރާގުންވަނީ ބުނެފައެވެ.

ނޯޓް 9 ގެ 128 ޖީބީގެ ފޯނެއް 15,499 ރުފިޔާއަށް ވިއްކާއިރު ނޯޓް 9 ގެ 512 ޖީބީގެ ފޯނެއް ދިރާގުން ވިއްކަނީ 18,999 އަށެވެ.

ނަމަވެސް ފަސްޓް އިންސްޓޯލްމަންޓްގެ ގޮތުގައި 2999 ރުފިޔާ ދައްކައިގެން މި ދެ ސައިޒްގެ ފޯންވެސް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. 2999 ރުފިޔާގެ އެޑްވާންސް ޕޭމަންޓަކާއި އެކު 128 ޖީބީގެ ފޯނެއް މަހަކު 1,059 ރުފިޔާއަށް ދޫކުރާއިރު 512 ޖީބީގެ ފޯނެއް ދިރާގުން ދޫކުރަނީ 1,359 ރުފިޔާއަށެވެ.