English Edition
Dhivehi Edition

ސެމްސަންގް ގެލެކްސީ ނޯޓު 9 ގެފޯނު މާދަމާރެއިން ފެށިގެން ދިރާގުން ވިއްކަން ފަށާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ދިރާގުން ބުނީ، މި ފޯނު ރަސްމީކޮށް ވިއްކަން ފެށުމަށްޓަކައި އެ ކުންފުނީގެ މައި އޮފީހުގައި ބާއްވާ ހާއްސަ ހަފުލާގައި، ފޯނު ގަންނަން އޯޑަރު ދިން ކަސްޓަމަރުންނަށް ފޯނު ހަވާލުކުރުން އޮންނާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުން، ގެލެކްސީ ނޯޓް 9 ގަންނަން އޯޑަރު ދިން ކަސްޓަމަރުންނަށް އަންނަ ހަފުތާއިން ފެށިގެން، އެ ކަސްޓަމަރަކާ އެންމެ ގާތް ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރަކުން ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގު މެދުވެރިކޮށް ނޯޓް9 ނަގާ ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހެއްގައި ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން އޭކޭޖީ ބްރޭންޑްގެ ބްލޫޓޫތް ސްޕީކަރެއްވެސް ޕްރީ އޯޑާ ކުރި ކަސްޓަމަރުންނަށް ލިބޭނެއެވެ.

ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓާ އެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ގުޅިގެން ދަނީ ރާއްޖޭގައި ސެމްސަންގް ގެ ފޯނުތައް ރަސްމީ ކޮށް ތައާރަފު ކުރަމުންނެވެ.

ބާޒާރަށް ނުކުންނަ އެންމެ ފަހުގެ ފްލޭގްޝިޕް ފޯނުތައް، އެންމެ ފުޅާދާއިރާއެއްގައި ރާއްޖެއަށް ތައާރަފުކޮށް، އެންމެ ލުއި ފަސޭހަ އިންސްޓޯލްމެންޓް ޕްލޭންތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކުންފުންޏަކީ ވެސް ހަމަ ދިރާގެވެ.