އުމުރުން 28 އަހަރުގެ ފިރިމީހާ އޭނަގެ އެކުވެރިޔަކު ގޮވައިގެން ގޮސް އަނބިމީހާ ރޭޕްކޮށް ވީޑިއޯ ކޮށްފައި ވާ މައްސަލައެއް އިންޑިއާގެ ފުލުހުން ބަލަން ފަށައިފިއެވެ.
މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ އަވަށެއް ކަމަށްވާ ކަލްޔަންގައި ދިރއުޅޭ އެ މިދެމަފިރިންގެ ގޭގައި އޮގަސްޓް 17 ވަނަ ދުވަހުއެވެ.
ރޭޕްކޮށްފައިވާ އަންހެން މީހާ ކިޔައިދިންގޮތުގައި އެއްދުވަހަކު ފިރިމީހާ ގެއަށް އެކުވެރިޔަކު ގޮވައިގެން އައިސް ޖޫސްތައްޓަށް ބޭހެއް އަޅާފައި ބޯންދިނީއެވެ. އަދި ޖޫސްތަށި ބުއިމުން މަސްތުވެފައި ވާ އަނބިމީހާ ކައިރީ ފިރިމީހާ އެދުނީ އެކުވެރިޔާއާއެކު ޖިންސީ ގުޅުން ހިންގުމަށެވެ. އެކަމަށް ދެކޮޅުހެދުމުން އަނިޔާ ކުރުމަށްފަހު ދެމީހުން އަންހެންމީހާ ރޭޕްކޮށް ވީޑިިއޯ ކުރިއެވެ.
ފުލުހުންގެ ތަހުގީގަށް އަންހެން މީހާ ބުނެފައި ވަނީ ފިރިމީހާ އާއި އޭނަގެ އެކުވެރިޔާގެ މައްސަލަ ފުލުހަށް ހުށަހަޅާނަމޭ ބުނުމުން ވީޑީއޯ ލީކް ކޮށްލާނެ ކަމަށް ބުނެ އޭނާ ދިޔައީ ބިރު ދައްކަމުންނެވެ.
އަންހެން މީހާ ބުނެފައި ވާގޮތިގައި މިދިޔަ އަންގާރަ ދުވަހު މަންމަ މެންގެއަށް “ރަކްޝާބަންދަން” އަށް ގޮސް އެވާހަކަ ދައްތަކައިރީ ބުނެގެން ފުލުހަށް މައްސަލަ ހުށަހެޅީކަމަށެވެ.
ފުލުހުން މިހާރު ވަނީ އަނބިމީހާ ރޭޕްކުރި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގް ފަށާފައެވެ. ފުލުހުން ބުނެފައިވަނީ މިހާތަނަށް ކުރެވުނު ތަހުގީގުގައި އެއަންހެންމީހާގެ ފިރިމީހާ އާއި އެކުވެރިޔާ އޭނަ ރޭޕްކޮށް ވީޑިއޯ ކޮށްފައިވަނީ ކޮންސަބަބަކާ ހެދިކަން އެނގިފައި ނުވާކަމަށެވެ.