English Edition
Dhivehi Edition

މަސްތުގެ ހާލަތުގައި ހުރެގެން އުމުރުން 20 އަހަރުގެ ފިރިހެނަކު 68 އަހަރުގެ ދުވަސްވީ އަންހެނަކު ރޭޕްކޮށްފިއެވެ.

މިހާދިސާ ހިނގާފައި ވަނީ އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ ވިލެޖެއްކަމަށްވާ ކަވަލަމްޕަމުލާ ގައި އަންހެންމީހާގެ ގޭގައި މިދިޔަ ހޯމަދުވަހު އެވެ.

މިހާދިސާ ތަހުގީގު ކުރާފުލުހުން ބުނެފައި ވަނީ ހޯމަދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި 20 އަހަރުގެ ސަތިޝް ރާބޮއެގެން ގެއަށް ދިޔަމަގުމަތީގައި ދުވަސްވީ މީހާގެ ގޭގެ ދޮރު ހަލާކު ކޮށްލައި ވަދެ އެމީހާ ނިދާފައި އޮތްވާ ވަނީ ގަދަކަމުން ރޭޕްކޮށްފައި ކަމަށެވެ. ސަތިޝް އެމީހާ ރޭޕްކުރި އިރު އެމީހާ އުޅޭނީ އެގޭގައި އެކަނި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މިހާދިސާ ރިޕޯރޓްކޮށްފައި ވަނީ އަނިޔާ ލިބުނު އުމުރުން ދުވަސްވީމީހާ އަމިއްލައަށް ފުލުސް އޮފީހަށް ގޮހެވެ.

ފުލުހުން މިހާދިސާ އިތުރަށް ތަހްގީގު ކުރަމުން ދާއިރު ސަތިޝްމިހާރު ވީ 13 ދުވަހުގެ ބަންދެއްގައެވެ. އަދި އަނިޔާ ލިބުނު ދުވަސްވީމީހާ އަށް މިހާރު ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ.