English Edition
Dhivehi Edition

އަންހެނަކާ ބެހެން އުޅުނު ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އާދީއްތަ ދުވަހު މުރްޝިދް އަލީ މުއްލާ ނަމަކަށް ކިޔާ އިންޑިއާގެ މި މީހާ ހައްޔަރުކުރީ އޭނަ ދިރިއުޅޭ ގެ ކައިރީ އަވަށްޓެރިއަކަށް ޖިންސީ ފުރައްސާރަ ކޮށްގެންނެވެ. ޕޮލިހުން ބުނީ މި ފިރިހެން މީހާ އަންހެންމީހާގެ ފޮޓޯތަކެއްވެސް ނަގާފައިވާކަމަށާއި އަދި އަންހެން މީހާއަށް ބިރުދައްކަން މަސައްކަތް ކޮށްފައިވާކަމަށެވެ.އަދި އޭނާ ބޭނުންކަމެއް ކޮށް ނުދީފިނަމަ ބިރުދައްކައި އަންހެންމީހާގެ ފޮޓޯތައްވެސް ލީކް ކޮށްލާނެ ކަމަށް ބުނެފައިވެއެވެ

. މި ފިރިހެންމީހާ އަންހެންމީހާއަށް ބިރުދެއްކިއިރު އަންހެންމީހާގެ 5 އަހަރުގެ ކުއްޖާވެސް ކަައިރީގައި ހުރިކަމަށް ބޭރުގެ ހަބަރުތައް ވަނީ ބުނެފައެވެ.އަދި މި ފަސްއަހަރުގެ ކުއްޖާއަށް ހުރިހާ މަންޒަރެއް ފެނިފައިވެއެވެ.މިހާރު ޕޮލިހުން ދަނީ މިމައްސަލަ އިތުރަށް ބަލަމުންނެވެ. މިހާރު ފިރިހެންމީހާ ހުރީ ޕޮލިހުންގެ ބެލުމުގެ ދަށުގައެވެ.