English Edition
Dhivehi Edition

ޕާކިސްތާނުގެ 42 ޙައްޖުވެރިން މަރުވެފައިވާކަމަށް އެޤައުމުގެ ސަރުކާރުން ބުނެފިއެވެ.

ޕާކިސްތާނުގެ މިނިސްޓްރީއޮފް ރިލިޖަސް އެފެއާޒް އެންޑް އިންޓަރ ފެއިތުން ބުނެފައިވަނީ މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަރަބިއްޔާއަށް ދިޔަ ޕާކިސްތާނުގެ ޙައްޖުވެރީންގެ ތެރެއިން 42 ޙައްޖާޖީން މަރުވެފައިވާކަމަށެވެ.

މީގެ ތެރޭގައި ގިނައީ ފިރިހެން ޙައްޖާޖީންނެވެ. މިގޮތުން 30 ފިރިހެން ޙައްޖާޖީން މަރުވިއިރު 12 އަންހެން ޙައްޖާޖީން މަރުވިއެވެ. އެތައް މިލިޔަން ޙައްޖުވެރިން ކޮންމެ އަހަރަކުވެސް ސައުދިއަރަބިއްޔާއަށް ޙައްޖުގެ މާތް އަޅުކަން އަދާކުމަށްދެއެވެ. ގިނަ ފަހަރަށް މީހުން ގިނަވުމުގެ ސަބަބުން ފިތި ބާރުވެގެން ގިނަ ބަޔަކު މަރުވާއިރު ގިނަ ބަޔަކަށް އެކިވަރުގެ އަަނިޔާވެސްވެއެވެ. ޒިންހުއާ ނިއުސް އޭޖެންސީއިން ބުމެފައިވަނީ މިފަހަރުވެސް ގިނަ މީހުން މަރުވީ ފިތި ބާރުވެގެންކަމަށެވެ. އަދި މަގުމަތީގައި ހިނގާ އެކްސިޑެންޓް ތަކުގައިވެސް ގިނަ ބައެއް މަރުވާކަމަށް އެމީހުން ބެނެއެވެ.

ޕާކިސްތާނުގެ މިނިސްޓްރީއޮފް ރިލިޖަސް އެފެއާޒްގެ އޮފިޝަލުން ބުނީ މަރުވި ޙައްޖާޖީންގެ ތެރޭގައި އުޅެނީ 40 އަހަރާއި 80 އަހަރާއި ދެމެދުގެ މީހުންނެވެ. އަދި އޮފިޝަލުންބުނީ 184,210 މީހުން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާކަމަށެވެ. މީއީ އެޤައުމުގެ ސަރުކާރުގެ އޭޖެންސީތަކުންނާއި އަމިއްލަ އޭޖެންސީތަކުން ޙައްޖަ ދިޔަ މީހުންގެ އަދަދެވެ.

ޙައްޖަކީ އިސްލާމްކަމުގެ 5 ވަނަ ރުކުނެވެ. ޙައްޖަށް ދިއުމުގެ ތަނަވަސްކަން ހުރި ކޮންމެ މީހަކުވެސް ޙައްޖަށް ދިއުން އެދެވިގެން ވެއެވެ.