English Edition
Dhivehi Edition

އިންޑިއާގެ 13 އަހަރުގެ އަންހެން ކުއްޖަކު އެޑަޕްޓް ކުރުމަށްފަހު ސްޕެއިންނަށް ދޫކޮށްލައިފިއެވެ.

އިންޑިޔާގެ މަދްޔާ ޕްރަދޭޝް ޕްރޮޓެކްޝަން ފޯ ޗައިލްޑް ރައިޓްސް ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވަނީ ސްޕެއިންގެ ދެމެފިރިއަކު އެޑަޕްޓް ކުރި އިންޑިޔާ ކުއްޖެއްގެ އުމުރު އޮޅިފައިވުމުގެ ސަބަބުން އެ ކުއްޖާ އަނބުރާ އިންޑިޔާއާއި ހަވާލު ކުރުމަށް އެދެމެފިރިން ބޭނުންވެފައިވާކަމަށެވެ.

ނޫސްތަކުގައިވާގޮތުން މިދެމެފިރިން މިހާރުވަނީ މި މައްސަލަ ސެންޓްރަލް އެޑަޕްޝަން ރިސޯސް އޭޖެންސީއަށްވެސް ހުށައަޅާފައެވެ.މި މީހުން ބުނެފައިވަނީ އިންޑިއާއިން މި ކުއްޖާ އެމީހުންނާ ހަވާލުކުރިއިރު ބުނެފައިވަނީ މި އީ 7 އަހަރުގެ ކުއްޖެއް ކަމަށެވެ.ނަމަވެސް މި ދެމެފިރިން ހޮސްޕިޓަލަށް ގޮސް އެކި ޓެސްޓްތައް ހެދުމުން އެނގުނީ މިއީ 13 އަހަރަށް ވުރެ ބޮޑު ކުއްޖެ ކަމަށެވެ.

މިއަހަރުގެ ޖެނުވަރީ 1 ވަނަ ދުވަހު ސްޕެއިންގެ ދެމެފިރިއަކު އެޑަޕްޓްކޮށް ސްޕެއިންނަށް ގެންދިޔަ މިކުއްޖާ މިހާރު ހުރީ ސްޕެއިންގެ ޕޮރޮޓެކްޝަން ހައުސްއެއްގައެވެ.މި ކުއްޖާއާއި ހަވާލުވާން ވުމެން އެންޑް ޗައިލްޑް ޕޮރިޓެކްޝަން އޭޖެންސީއިން ދަނީ މަސައްކަތް ކުރަމުންނެވެ

ޓެގު